ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއީ ޙައްޖުގެ އިންތިޒާމުތައް އެންމެ ފުރިހަމަ އަހަރު: ޑރ. ޝަހީމް

STO_Ads
Maldivian_Ads
TTH_Ads
Advertisement

ޙައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި ބަޔާނެއްގައި، މިއަހަރުގެ ޙައްޖުގެ އިންތިޒާމުތައް ވޭތުވެދިޔަ އަހަރުތަކަށްވުރެ އެންމެ ފުރިހަމަކަމަށް ފާހަގަކުރައްވައިފިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ޙައްޖު ކޯޕަރޭޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ ފުރިހަމަކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޙައްޖު ކޯޕަރޭޝަނަށް ޝުކުރު އަދާކުރެއްވިއެވެ. އެތައް ލައްކަ މީހުން ބައިވެރިވާ މިފަދަ ހަރަކާތެއްގައި ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވަޒީރު ވިދާޅުވީ ގިނަ ޙާޖީންނާ ބައްދަލުކުރެއްވި ކަމަށާއި، އެ ބޭފުޅުންގެ ޚިޔާލުފުޅުތަކުން އެނގިވަޑައިގަތީ ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭކަމަށެވެ. އަދި ކުރިމަގުގައި އިތުރަށް ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ވެސް ޙާޖީން ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

“އަޅުގަނޑުމެންގެ އިޚްތިޔާރުގެ ދަށުގައިވާ ކަންކަން އިރާދަކުރެއްވިއްޔާ ރަނގަޅުކުރާނަމެވެ. އެހެންނަމަވެސް، ޙައްޖުގެ ގިނަ ކަންކަމަކީ ސަޢުދީ ޢަރަބިއްޔާގެ ފުރިހަމަ ބެލެހެއްޓުމުގެ ދަށުން ހިނގާ ކަންކަންކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެވޭ ބައެއް ކަންކަން ހުންނާނެއެވެ. ނަމަވެސް، މިއަހަރަކީ އިންތިޒާމުތަކުގެ ގޮތުން ފާހަގަކޮށްލެވޭ އަހަރެކެވެ،” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތަކުގެ ތެރެއިން އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ އެއްވެސް ޙާޖީއަކު ނުގެއްލި، ޙައްޖުގެ އަޅުކަން ފުރިހަމަކުރެވުނު ކަމެވެ. ޚާއްޞަކޮށް އަރަފާތުން މުޒްދަލިފާއަށް، އަދި އެތަނުން ބޮޑު ޖަމްރާއަށް ހިލައުކައި، މިނާއަށް އައުމުގެ މަރުޙަލާގައި ކޮންމެ އަހަރަކުވެސް ދިމާވާ ގޮންޖެހުންތައް މިއަހަރު ނުދިމާވިކަން ފާހަގަކުރެއްވިއެވެ.

ދިވެހި ސަރުކާރުން މިއަހަރު ޙާޖީންނަށް ގިނަ ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް މައްކާ ރޫޓު އިނީޝިއޭޓިވްއާއި، ޙާޖީންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ފަދަ ކަންކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ.

މިނާގައި ދިވެހި ޙާޖީން ތިއްބެވި ފޭލިގެއަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަޢުދީ ޢަރަބިއްޔާއަށް ވަޑައިގެން ތިއްބެވި އެހެނިހެން ވަޒީރުންވެސް ޒިޔާރަތްކުރެއްވިއެވެ. މީގެ ތެރޭގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މާލީ ވަޒީރު މޫސާ ޒަމީރު، އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފް ހިމެނިވަޑައިގަންނަވައެވެ.

މި ޒިޔާރަތަކީ ދިވެހި ޙާޖީންގެ ޙާލު ބެއްލެވުމަށާއި، އެ ބޭފުޅުންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަތުމަށް ކުރެވުނު މުހިންމު ޒިޔާރަތެކެވެ. މިފަދަ ޒިޔާރަތްތަކުން ޙާޖީންގެ ކަންބޮޑުވުންތަކަށް އަޑުއަހައި، ކުރިއަށް އޮތް އަހަރުތަކުގައި ޙައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

6177053559346631399

ދީނީ ޖަމްޢިއްޔާތަކަށް 2 އަހަރުތެރޭ 1.2 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައި: ވަޒީރު

ގުރުއާނުގެ ދާއިރާއިން މިހާރު ފެންނަމުންދަނީ ވަރަށް އުފާވެރި އަދި އުއްމީދީ ދުވަސްތަކެއް: ޝަހީމް

saudi

މައްކާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު: ޝަހީމް

HSEdg6haoAA50X9

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ޚާއްޞަ ހެދުމެއް ތައްޔާރުކުރަނީ!