ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަންގެ 5ވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފި

STO_Ads

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓު ޒަމާނީކުރުމަށް ކުރާ މަސައްކަތުގެ ދަށުން އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް ގެނެސްފިއެވެ.

މިއީ މޯލްޑިވިއަންގެ ފްލީޓަށް ގެނައި އޭޓީއާރު މަރުކައިގެ 5 ވަނަ މަތިންދާ ބޯޓެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ޚިދުމަތަށް ގެނައި މަތިންދާ ބޯޓަކީ 46 މީހުންގެ ޖާގައިގެ އޭޓީއާރު 42-600 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

Maldivian_Ads

މި ބޯޓު ވެލާނާ އެއާޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ވަނީ ކޮށްފައެވެ. އަދި ބޯޓު ރަންވޭގައި ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއް ދިނުންވެސް ކުރިއަށްދިޔައެވެ.

މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގެނައުން ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާޚީމްއާއި، މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއާއި، އައިލެންޑް އޭވިއޭޝަން، އެމްއޭސީއެލް އަދި އިމިގްރޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޚީމް ވިދާޅުވީ، މޯލްޑިވިއަންނަށް ޒަމާނީ ބަދަލުތައް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އުއްމީދަކީ މިއަހަރު ފަހުކޮޅު މޯލްޑިވިއަންގެ ދަތުރުތައް ދުރު މަންޒިލްތަކަށް ފެށުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“މޯލްޑިވިއަންއިން މިހާރުވެސް ދަނީ ރާއްޖޭގެ ތިން ސަރަހައްދަަކަށް ޑައިރެކެޓް ފްލައިޓްތައް ބާއްވަމުުން. އަދި ޔޫރަޕްފަދަ ޕޮޕިއުލަރ މަންޒިލްތަކަށް ދަތުރުތައް ބޭއްވުމަށް ސަރުކާރާއި ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން. މިގޮތަށް މަސައްކަތް ކުރެވިއްޖެކަމަށް ވަންޏާމު 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމުގެ އުންމީދު ބޮޑު.” ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޚީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި އޭޓީއާރުގެ ސަބަބުން އެއަރލައިންއިން އޮޕަރޭޝަނަށް އަދި އެއަލައިނުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

“މި ބްރޭންޑް ނިއު މަތިންދާބޯޓު ގެނެވެމުން އަޅުގަނޑުމެންގެ ޓެކްނިކަލް ރިލައިބިލިޓީ މިވަނީ މިހާރު ވަރަށް ބޮޑަށް އިމްޕްރޫވްކުރެވިފައި. އެއާއެއްކޮށް އަޅުގަނޑުމެންނަށް އޮންޓައިމް ޕާފޯމެންސްވެސް ވަރަށް ބޮޑަށް ރަނގަޅުކުރެވިގެންދާނެ. މިއީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ކެބިންއެއްކަމަށް ވުމުން ދަތުރުކުރާ ފަސިންޖަރުންގެ އެކްސްޕީރިއެންސްވެސް ވަރަށް ބޮޑަށް ރަނގަޅުކުރެވިގެންދާނެ.” އެމްޑީ އިބްރާހިމް އިޔާސް ވިދާޅުވިއެވެ.

މައުލޫމާތު ދެއްވަމުން ޑޭޝް 8 އަދި އޭޓީއޭއާރުގެ ޗީފް ޕައިލެޓް އަބްދުﷲ ނާފިޒް ވިދާޅުވީ، މޯލްޑިވިއަންގެ ފްލީޓަށް އައު އޭޓީއާރެއް ގެނެވިގެންދިއުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

“މި އެއަރކްރާފްޓް ގެނައުމުގަ އަޅުގަނޑުގެ ހިއްސާއެއް އޮތީމަ ވަރަށް ބޮޑަށް އުފާވޭ. ކުުންފުނި ކުރިއަށްދިއުމުގައި ވަރަށް ބޮޑު މައިލްސްޓޯނެއްކަމަށް އަޅުގަނޑު ދެކެނީ.” ޗީފް ޕައިލެޓް އަބްދުﷲ ނާފިޒް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 25 މަތިންދާބޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓަކާއި، އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓަކާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hajju 2048x1365

މިއަހަރު ދިވެހި ޙައްޖާޖީން ފުރަން ފަށާނީ މޭ 15 ގައި

Dharavandhoo

ދަރަވަންދޫ އެއަރޕޯޓުގެ އައު ޓަރމިނަލް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Maldivian

ޖުލައި މަހުގެ ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ބެންކޮކަށް ޚާއްސަ ފެއަރއެއް ތައާރަފްކޮށްފި

maldivian

މޯލްޑިވިއަނުގެ ޗައިނާ ޖެނެރަލް ސޭލްސް އެޖެންޓަކަށް، މެގަކެޕް އޭވިއޭޝަން