ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ އަހަރު އެމްއޭސީއެލްއަށް 1.1 ބިލިއަން ރުފިޔާގެ ސާފް ފައިދާއެއް

STO_Ads
Maldivian_Ads
TTH_Ads
Advertisement

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 2024 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރު އެމްއޭސީއެލްއަށް އާމްދަނީގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 1 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރު އެމްއޭސީއެލްއަށް ލިބުނީ 7.6 ބިލިއަން ރުފިޔާއެވެ.

2024 ވަނަ އަހަރު ލިބުނު އާމްދަނީން ހަރަދުތަކަށް 4.6 ބިލިއަން ރުފިޔާ ކެނޑުމަށްފަހު، ފައިދާގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބުނެވެ. ހިންގުމުގެ ޚަރަދުތަކާއި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

HajjCop_ads
Advertisement

މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 21 ޕަސެންޓުގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރު އެމްއޭސީއެލްއަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 902.8 މިލިއަން ރުފިޔާއެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ ކުންފުންޏަށް ފައިދާ ލިބުނީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެން އެއާޕޯޓުގެ ހިދުމަތްތަކަށް ކުރި ޑިމާންޑު އިތުރުވުމުގެ ސަބަބުން ކަމަށެވެ.

ފައިދާގެ ތެރެއިން ޑިވިޑެންޑްގެ ގޮތުގައި 2024 ވަނަ އަހަރު ސަރުކާރަށް އެމްއޭސީއެލްއިން ދޭންޖެހެނީ 75 މިލިއަން ރުފިޔާއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޑަކުދިންނަށް އިންޖިނިއަރިންގެ ދާއިރާ ތައާރަފުކޮށްދިނުމަށް އެމްއޭސީއެލްއިން ހަރަކާތެއް ބާއްވައިފި

އެމްއޭސީއެލްއާއި ވިލާ ހައި ސްކޫލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ވޯލްޑް ޓްރެވަލް އެވޯޑުގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައިފި

އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ