ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކކކކކކކކކކކކކކކކކކކކކކކކކކކކކކކކކ
STO_Ads
TTH_Ads
Advertisement

ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ، އޭނާ ހޯދުމަށް އެ މީހާގެ ފޮޓޯއާއި އަދި ވަނަވަރު ހިމަނައިގެން ސޯޝަލް މީޑިއާގައި މިއަދު މަޢުލޫމާތުތަކެއް އާންމުކޮށްފިއެވެ.

މި ބިދޭސީއަކީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝްގެ 31 އަހަރުގެ މީހެކެވެ. އޭނާގެ ގައިގައި ބައްޔެއް ހުރިކަން އެނގުނީ ވިސާ އާކުރުމަށް މެޑިކަލް ޓެސްޓު ހެދުމުންނެވެ. ހެލްތުހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާފައި އަންގާފައިވަނީ އޭނާގެ ގައިގައި ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށެވެ.

މިދިޔަ މޭ މަހުގެ 26 ވަނަ ދުވަހު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދިޔަ ނަމަވެސް އޭގެ ފަހުން އެޗްޕީއޭ އިން ގުޅައި އަންގާފައިވަނީ އެ ބިދޭސީ މީހާ ރާއްޖެއިން ބޭރުނުވާ ކަމަށެވެ. މިހާރު އޭނާ ފިލައިގެން އުޅޭ ކަމަށް ބެލެވެއެވެ.

HajjCop_ads
Advertisement

މި މައްސަލައާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނެފައިވަނީ ބަލި މީހުންގެ ޒާތީ މަޢުލޫމާތުތަކަކީ ސިއްރެއް ކަމަށެވެ. އަދި އިމިގްރޭޝަނުން ބުނެފައިވަނީ މިފަދަ މައްސަލައެއް އެ އިދާރާއާ ހަމައަށް އަދި ލިބިފައިނުވާ ކަމަށެވެ.

މި ބިދޭސީ މީހާ ހޯދުމަށް ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުގައި އޭނާގެ ފޮޓޯއާއި ވަނަވަރު ހިމަނާފައިވެއެވެ. އަދި އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ 7478833 ނަންބަރާ ގުޅުމަށް އެދިފައިވެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ލަންކާގެ ތިން މީހަކު ޑީޕޯޓްކޮށްލަނީ

immigration

މިހާތަނަށް ފުރިހަމަ މަޢުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓްކުރަނީ

Large 161337206156merw

މީހެއްގެ ކަރަށް ތޫނުއެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

police

މަސްތުވާތަކެތި ބޭނުންކޮށް ޖުވާ ކުޅެމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި