ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީންނަށް އެއް ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާ ގޮތަށް ހަދަނީ

bidaysee workers
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން
STO_Ads
TTH_Ads
Maldivian_Ads
Advertisement

ރާއްޖޭގައި މަސައްކަތްކުރާ އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް ދޫކުރެވޭނީ ގިނަވެގެން އެންމެ ސިމް ކާޑުކަމަށް ކެބިނެޓުން މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ އެ އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ބިދޭސީއެއްގެ އަތުގައި އޮތް ސިމްކާޑު ހަލާކުވެގެން ނުވަތަ ގެއްލިގެންވެސް ދެން އިތުރު ސިމެއް ލިބޭނީ ފުލުހުންނަށް މައްސަލަ ހުށަހަޅައި، އެކަމަށް ކަނޑައަޅާ ހާއްސަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައިކަމަށް ނިންމާފައި ކަމަށެވެ.

ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން، ގަވާއިދާ ހިލާފަށް ޖަލުތަކަށް އެތެރެކުރާ މޯބައިލް ސިމްތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ހޯދައި، އެ މީހުންނާ ދެކޮޅަށް ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށްވެސް ކެބިނެޓުން ވަނީ ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

HajjCop_ads
Advertisement

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމްލޭންޑް ސެކިއުރެޓީ މިނިސްޓްރީ ދަނީ މުޅިރާއްޖޭގައި “އޮޕަރޭޝަން ކުރަނގި” ހިންގަމުންނެވެ. އެ އޮޕަރޭޝަނަކީ ބިދޭސީންގެ މައުލޫމާތާއި ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ހޯދައި ޑީޕޯޓްކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯ (އެމްބީއެސް)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީގެ 590،079 މީހުންގެ ތެރެއިން 196،024 އަކީ ބިދޭސީންނެވެ. އަދި ދިވެހިންގެ އަދަދަކީ 394،054 އެވެ.

ރައީސް އޮފީސް

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

bidaysee workers

މިހާތަނަށް 294000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި: އިޙްސާން

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

immigration

68 ބިދޭސީން ޗެކްކޮށް، 7 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

8u

ގަވާއިދާ ޚިލާފަށް ހުޅުމާލޭގައި ކުނި އުކައިދޭ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް