ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިބު ރައީސް މާލެ ވަޑައިގެންފި

403602 44f8e0d7 7
TTH_Ads
STO_Ads
Advertisement

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ހަވާއީ އާއޮ ތަޖިކިސްތާނަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލައްވައި މިއަދު މާލެ ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރަކީ ބްލޫ ޕްލެނެޓް އެލަޔަންސް (ބީޕީއޭ) ގެ ޚާއްޞަ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ. މި ދަތުރުގައި ރާއްޖޭގެ ބައިންލްއަޤްވާމީ މޫސުމީ ބަދަލުތަކާ ގުޅޭ ގުޅުންތަކުގައި މުހިންމު ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފަ އެވެ. އެގޮތުން، ނައިބު ވަނީ، ބްލޫ ޕްލެނެޓް އެލަޔަންސްގެ ފެލޯޝިޕް ޕްރޮގްރާމްގެ އިފްތިތާޙީ ޙަފްލާގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފައެވެ.

މި ދަތުރުގައި ހާސިލު ކުރެވުނު މުހިންމު ކުރިއެރުންތަކަށް ބަލާ އިރު، ނައިބު ވަނީ ރާއްޖެ އާއި ބްލޫ ޕްލެނެޓް އެލަޔަންސްއާއެކު އޮންނަ ގުޅުން ރަސްމީކުރައްވައި، އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.

HajjCop_ads
MMA_Ads
Advertisement

ތަޖިކިސްތާނުގައި ނައިބު “ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއަރސް ޕްރިޒަވޭޝަން” ސެޝަންގައި ބައިވެރިވެވަޑައިގަތެވެ. އަދި ތަޖިކިސްތާނުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރެއްވި އެވެ.

މި ބައްދަލު ކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު ވަނީ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާ ހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.

ނައިބު ރައީސް މިއަދު މާލެ ވަޑައިގަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފަ އެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބާލިން ކްލައިމެޓް މޮބިލިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޖަރުމަނަށް

naaib raees

އަޟުޙާ ޢީދު ފާހަގަކުރާއިރު އެކުވެރި ބަޔަކަށްވުމަށް ނައިބު ރައީސް އިލްތިމާސްކުރައްވައިފި

Igmh

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމަށް ނައިބު ރައީސް ގޮވާލައްވައިފި

459744 de3819af d

ހަރުދަނާ އަދި މިނިވަން ގާނޫނު ހަދާ މަޖިލިސްތަކެއް ބިނާކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރައްވައިފި