ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑިއާތަކަށް ޚާއްޞަ “މީޑިއާ ފެންޑާ” ހުޅުއްވައިދެއްވައިފި

TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުފަރާތުގެ ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރި “މީޑިއާ ފެންޑާ” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީޑިއާ ފެންޑާ ހުޅުއްވައިދެއްވީ މިއަދު މެންދުރު ފަހު އެކަމަށް ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ވަނީ މީޑިއާ ފެންޑާގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްތަކުގެ ނޫސްވެރިން ބައިވެރިވެފައެވެ. އަދި، ރައީސް ވަނީ ނޫސްވެރިންނާއެކު އެ ސަރަޙައްދުގައި ވަގުތު ހޭދަކުރައްވައިފައެވެ.

HajjCop_ads
MMA_Ads
Advertisement

މީޑިއާ ފެންޑާ ހުޅުވިއިރު އެކަމަށް ޚާއްޞަކޮށް ތައްޔާރުކުރި އުޞޫލެއް ވެސް ވަނީ އާއްމުކޮށްފައެވެ.

މީޑިއާ ފެންޑާ ބޭނުންކުރެވޭނީ މީޑިއާތަކުން ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް އެކަންޏެވެ. އެގޮތުން، ނޫސްވެރިޔާ ވާންޖެހޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ނެރޭ ނޫސް މަޖައްލާތަކާއި، ބްރޯޑްކާސްޓްކުރާ ފަރާތްތަކާއި، ވަސީލަތްތަކުގެ ދަފުތަރުގެ ގޮތުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަހައްޓާ މީޑިއާ ދަފުތަރުގައި ރަޖިސްޓަރީވެގެން، ގަވާއިދުން ހިނގަމުން އަންނަ ރާއްޖޭގެ މީޑިއާއެއްގެ ނޫސްވެރިއަކަށެވެ.

މީޑިއާ ފެންޑާގެ މައިގަނޑު މަޤްޞަދަކީ، ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސް އޮފީސް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ރަސްމީ ގަޑީގައި މީޑިއާއިން ހޯދުން ފަސޭހަކޮށްދިނުމެވެ.

އެތަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ރައީސް އޮފީހުންނެވެ. އުޞޫލުގައި ބުނެފައިވާގޮތުން ސަރުކާރުގެ ރަސްމީ ގަޑީގެ ވަގުތުގައި މީޑިއާ ފެންޑާ ހުންނާނީ ހުޅުވިފައެވެ. އަދި، މީޑިއާ ފެންޑާގައި ތިބޭ ނޫސްވެރިން، އެތަން ބޭނުން ކުރަން އެދޭ ޙާލަތްތަކުގައި، ރަސްމީ މަސައްކަތު ދުވަހެއް ނަމަވެސް، ބަންދު ދުވަހެއް ނަމަވެސް، 24 ގަޑިއިރު، މީޑިއާ ފެންޑާ ހުޅުވާފައި ހުންނާނެކަމަށް އުޞޫލުގައި ބުނެފައިވެއެވެ.

މީޑިއާ ފެންޑާ ހުންނަނީ ގްރީން ޒޯނުގެ ސަރަހައްދުގައި ކަމަށްވާތީ، ގްރީން ޒޯން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން އެވަގުތަކު ކަނޑައަޅާ ހުރިހާ އުޞޫލެއް މީޑިއާ ފެންޑާގެ ޖާގައިގައި ވެސް ހިނގާނެކަމަށް އުޞޫލުގައި ބުނެފައިވެއެވެ.

މީޑިއާ ފެންޑާ ބޭނުންކުރުމުގެ އުސޫލާ ޚިލާފުވާ މީޑިއާތަކާއި ނޫސްވެރީންނަށް، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ފުރުޞަތު ނުދިނުމުގެ އިޚުތިޔާރު، އުޞޫލުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުޞޫލު ޝާޢިއުކުރާ ތާރީޚުން ފެށިގެން އުޞޫލަށް ޢަމަލުކުރަން ފަށާނެއެވެ.

ސަރުކާރުންދަނީ މީޑިއާތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ފަހިކޮށްދެއްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މީޑިއާތައް ބާރުވެރިކުރުމަށާއި، ނޫސްވެރިންނަށް ތަމްރީނުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 06 13 at 18.51.49

ދ. މީދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޕީއެންސީގެ ސުހާއަށް ރައީސްގެ މަރުޙަބާ

Sstv FORM FOR EC

ޒުވާނުން ބިނާކުރުމުގެ އެންމެ މުހިންމު ސިޔާސަތަކީ ދިވެހި ވަޠަނީ ޚިދުމަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

DSC

މިއީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

459848 b46d8348 2

ބޮޑު އީދުގެ އުފާ ފާޅުކުރާއިރު އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަން ރައީސް އިލްތިމާސްކުރައްވައިފި