ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާއެތިކޮޅެއް ހޯދަންދިޔަ މީހުންގެތެރެއިން މިހާތަނަށް 10 މީހަކު މަރާލާފައިވޭ: ޣައްޒާ މީޑިއާ އޮފީސް

TTH_Ads
STO_Ads
Advertisement

އެމެރިކާއާއި އިސްރާއީލުން ހުއްދަ ދީގެން ޣައްޒާގައި ބަހަމުންދާ އިންސާނީ އެހީ ހޯދަން ގޮސް އުޅުނު މީހުންގެ ތެރެއިން، އިސްރާއީލުން މިހާތަނަށް 10 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށް ޣައްޒާ މީޑިއާ އޮފީހުން ބުނެއެވެ.

ޣައްޒާ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންސާނީ އެހީގެ ގޮތުގައި ބަހާ ސާމާނު ހޯދުމަށް އެމީހުން ބުނި ތަންތަނަށްގޮސް ތިބި މީހުންގެ ތެރެއަށް ބަޑިޖަހައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 10 މީހުން މަރާލާފައިވާ ކަމަށާއި، ބަޑިޖެހުމުގެ ސަބަބުން 62 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނީ، އެއީ ބަނޑުހައިހޫނުކަމުގައި ތިބި އާންމުން ކަމަށާއި، ކާނޭ އެއްޗެއް ހޯދަން ގޮސްތިބި މީހުން ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

އެމެރިކާއާއި އިސްރާއީލުން ޣައްޒާގައި އިންސާނީ އެހީ ބަހަން ހުއްދަ ދީގެން އުޅެނީ “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” ނަމަކަށްކިޔާ ޖަމާއަތަކަށެވެ.

އެ ޖަމާއަތުން އިންސާނީ އެހީ ބަހަން، ރަފަހްގައި ޖެހި ޑިސްޓްރިބިއުޝަން ޕޮއިންޓަށް ބަނޑުހައި ވެފައިތިބި އެތައްހާސް އާންމުން ޖަމާވެ އެހީ ހޯދަން އުޅުމުގެ ތެރޭގައި ކަންކަން ކޮންޓްރޯލުން ނެއްޓިގެން ދިޔައެވެ.

އާންމުން ކިޔޫގައި ޖެހުމަށް “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” ހަދާފައި ހުރީ ކޮށިތަކެއްހެން ހުންނަ ލައިންތަކެވެ.

ޣައްޒާގެ އެތައް މިލިއަން މީހުން ބަނޑުހައިހޫނުކަމުގައި ތިބި އިރު، އިންސާނީ އެހީ މިގޮތަށް ބަހައިގެން ނުވާނޭ ކަމަށް އދއާއި، އިންސާނީ އެހީދޭ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ގެންދިޔައީ ކުރިންވެސް އިންޒާރު ކުރަމުންނެވެ.

އޭގެ ބަދަލުގައި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކޮށް ސަލާމަތާއި ރައްކާތެރިކަމުގައި ބެހުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިސްރާއީލުން އދއަށާއި، އިންސާނީ އެހީދޭ ޖަމާއަތްތަކަށް ދިނުމަށް ގެންދަނީ ގޮވާލަމުންނެވެ.

“ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އިން އެހީ ބެހުމުގައި ހިނގާ ކަންކަން، އދއާއި، ބައިނަލްއަގްވާމީ އޭޖެންސީތަކުން މަސައްކަތް ކުރާއިރު ކުރިމަތި ނުވާނޭ ކަމަށް ބުނެއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އެކަމުގައި އެތައް އަހަރެއްގެ ތަޖުރިބާ ހުރުމެވެ.

އެމެރިކާގެ ތާއީދު ދީފައިވާ “ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން” އަށް ޣައްޒާގައި އިންސާނީ އެހީ ބެހުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިސްރާއީލުން ދިނުމުން ދުނިޔެ ގެންދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެއީ، އިސްރާއީލުގެ ނިޔަތް ރަނގަޅު ނޫންކަން އެނގޭތީއެވެ.

ފަލަސްތީނުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ވިދާޅުވީ، އިސްރާއީލުން އިންސާހީ އެހީ ހަނގުރާމައިގެ ހަތިޔާރެއްގެގޮތުގައި ބޭނުންކުރަމުން ގެންދާ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ރޭގައިވެސް ބޮޑު ގަތުލުއާންމެއް ހިންގައިފި، އިސްތިއުމާރީ ސިފައިންގެ އުދުވާނު ހައްތަހާ ފުޅާކުރަނީ

އެމެރިކާއާއި އީރާނާ ދެމެދު މާދަމާ ފަށަން ތާވަލް ކޮށްފައިއޮތް ވާހަކަތައް ކެންސަލް ކޮށްފި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި