ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ ހަނގުރާމަ އިތުރަށް ފުޅާކުރަން ތައްޔާރުވަނީ، އެމެރިކާގެ ޑިފެންސް މިނިސްޓަރުވެސް އިސްރާއީލަށް ދަނީ

STO_Ads
TTH_Ads
Maldivian_Ads
Advertisement

ޣައްޒާއާ ދެކޮޅަށް ޒަޔަނިސްޓު އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އަނެއްކާވެސް އިތުރަށް ފުޅާކުރަން ތައްޔާރުވާން ފަށައިފިއެވެ.

މިއީ، އިސްރާއީލުގެ ކެބިނެޓުގައި ހިމެނޭ ހަރުކަށި ފާރ-ރައިޓް މިނިސްޓަރުންގެ ބާރުއެޅުމުގެމަތިން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ކުރަން އުޅޭ ކަމެކެވެ.

އެގޮތުން، ޣައްޒާ ހަނގުރާމަ އިތުރަށް ފުޅާކުރުމަށްޓަކައި، އެކަމުގެ ޕްލޭނާ ބެހޭގޮތުން މަޝްވަރާކުރަން ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓް މިއަދުގެ ވަގުތެއްގައި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

އެތެރޭގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ އިސްރާއީލުގެ ނޫސްތަކުން ބުނެފައިވަނީ، ހަނގުރާމަ އިތުރަށް ފުޅާކުރަން ސަރުކާރުން ބޭނުންވަނީ، އިސްރާއީލު ބޭނުންވާގޮތަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް ހަމާސްއަށް މަޖުބޫރުކުރުމުގެ ގޮތުންނެވެ.

ހަނގުރާމަ ފުޅާކުރަން ނިންމައި ނަތަންޔާހޫގެ ސަރުކާރުން އިއުލާންކުރިތާ އެއްދުވަސްފަހުން، އިސްރާއީލު އަސްކަރިއްޔާއިންވަނީ، ރިޒާވް ސިފައިންގެ ފައުޖުގެ އެތައްހާސް ސިފައިން ހަނގުރާމައިގައި ބައިވެރިވުމަށް އިއުލާންކޮށްފައެވެ.

އިސްރާއީލުގެ ވައިނެޓު ނޫހުން ބުނެފައިވަނީ، އިސްރާއީލު – ލުބުނާނު ބޯޑަރާއި، ހުޅަނގު އައްސޭރީގެ ބޯޑަރުތަކުގައިވެސް ރުކުރާލެވޭނީ ރިޒާވް ސިފައިން ކަމަށެވެ.

އޭގެ ބަދަލުގައި، އެ ބޯޑަރު ސަރަހައްދުތަކުގައި މިހާރު ތިބި ސިފައިން ފޮނުވާނީ ހަނގުރާމައަށް ޣައްޒާއަށް ކަމަށެވެ.

ޣައްޒާ ހަނގުރާމަ އިތުރަށް ފުޅާކުރަން ނަތަންޔާހޫގެ ސަރުކާރުން ނިންމައި، އެކަމުގެ ތައްޔާރީތައް ފަށާފައިވާއިރު، ޣައްޒާ ހަނގުރާމަ އިސްރާއީލުން ކުރިއަށް ގެންދަނީ، އެމެރިކާއިން ހަތިޔާރުދީ، ޓެކްނިކަލް ސަޕޯޓާއި، ޖާސޫސީ މައުލޫމާތުވެސް ހިއްސާ ކުރުމާއެކު، އެމެރިކާގެ ފުރިހަމަ އެހީތެރިކަމުގައެވެ.

ހަނގުރާމަ ފުޅާކުރަން އިސްރާއީލު ތައްޔާރުވާއިރު، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަންނަ ހަފްތާގެ ހޯމަދުވަހު އިސްރާއީލަށް ދަތުރުކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ. މިއީ، އިސްރާއީލަށް އިތުރަށް ބޭނުންވާ އަސްކަރީ އެހީތައް ދިނުމާއި، ހިތްވަރު ދިނުމުގެ ދަތުރެއް ކަމަށް ބެލެވިފައި ވެއެވެ.

އަނެއްކޮޅުން، ހަނގުރާމަ އިތުރަށް ފުޅާކުރުމަށް ދެކޮޅަށް އިސްރާއީލުގައި ރޭ ވަރަށް ވަރުގަދަ މުޒާހަރާއެއް ކޮށްފައި ވެއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓްރީ ކައިރިއަށް އެއްވި އެތައްހާސް ބަޔަކު ގޮވާލާފައިވަނީ، ހަނގުރާމަ ފުޅާކުރުމުގެ ބަދަލުގައި ހަމާސްގެ އަތްދަށުގައި ތިބި ގައިދީން މިނިވަން ކުރެވޭނެ ގޮތެއް ހޯދުމަށެވެ. އެގޮތުން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އެމީހުން ގޮވާލާފައި ވެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އދގެ އާންމު މަޖިލީހުގައި ޗައިނާގެ ނުސީދާ ބަހުގެ ހަމަލާތައް އެމެރިކާއަށް

އީރާނުގެ ހުށަހެޅުމަށް ޓްރަމްޕް ހެދީ ދެކޮޅު، އީރާނު މިހާރުއޮތީ ދެން އަޅާނެ ފިޔަވަޅަކަށް ބަލަން

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް