ޙައްޖު ދުވަހާއި އަޟްޙާ ޢީދާ ގުޅިގެން ބަންދުވާނީ، މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

އިޝްތިހާރު އިޝްތިހާރު

އެގޮތުން ހީނާ ވިދާޅުވީ، މިއަހަރުގެ ޙަައްޖު ދުވަސް ދިމާވަނީ، 5 ޖޫން ވާ ބުރާސްފަތި ދުވަހާ ކަމުގައި ސަޢޫދީޢަރަބިއްޔާއިން ކަނޑައަޅުއްވާފައުވާތީ، ޢީދާއި ގުޅިގެން އިތުރު ދުވަސްތަކެއް ބަންދު ކުރަން ނިންމާފައި ނުވާކަމަށެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ އަޟުހާ ޢީދު ދުވަސް ވަނީ ޖޫން 6 ވާ ހުކުރު ދުވަހަށެވެ.