ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ހޮސްޕިޓަލްގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއް މި އަހަރު ހުޅުވަނީ

Oooooooooooooooooooooooskkk
TTH_Ads
STO_Ads
Advertisement

ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްޤީކުރަމުން އަންނަ 30 އެނދުގެ ޑަޔަލިސިސް ސެންޓަރުގެ މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް ހުޅުވުމަށް ނިންމާފައިވާކަމަށް މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ އިބްރާޙިމް ޢަބްދުލްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި 14 އެނދުގެ އިމަރޖެންސީ ރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ޑަޔަލިސިސް ސެންޓަރަށް އިތުރު 30 އެނދު އިތުރުކުރުމަށްޓަކައި އަމިއްލަ 2 ކުންފުންޏަކާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ ޑަޔަލިސިސް ސެންޓަރުގައި މިވަގުތު 10 އެނދު ޤާއިމްކޮށްފައެވެ. އަދި މި 10 އެނދާއެކު މިސެންޓަރުން މިވަގުތު 80 އަށްވުރެ ގިނަ މީހަކަށް ދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން އެއް އެނދަކީ ކުއްލި އިމަރޖެންސީ ހާލަތްތަކަށް ޚާއްޞަކުރެވިފައިވާ އެނދެކެވެ.

HajjCop_ads
Advertisement

ހުޅުމާލޭ ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ދޭންފެށީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން މިވީ މުއްދަތުގައި މިޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެހޮސްޕިޓަލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ ޑަޔަލިސިސް ސެންޓަރަށް 30 އެނދު އިތުރުކުރުމުގެ މަސައްކަތާ ގުޅޭގޮތުން މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ އިބްރާޙިމް ޢަބްދުލްރައްޒާޤް ޙަލީމް ވިދާޅުވީ އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި މިއަހަރުގެ މިނިވަންދުވަހާ ދިމާކޮށް އެ ސެންޓަރު ހުޅުވާ ޚިދުމަތް ދޭން ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަށް ޚިދުމަތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޢަބްދުލްރައްޒާޤް ޙަލީމް ވިދާޅުވީ ހޮސްޕިޓަލްގެ އެނދުގެ ދަތިކަން ހައްލުކުރުމުގެގޮތުން 28 އެނދުގެ ވޯޑެއް ޤާއިމްކުރުމަށް ޕްލޭންކޮށްފައިވާކަމަށެވެ. އަދި އެހޮސްޕިޓަލުގައި މެންޓަލް ހެލްތް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެކަމަށެވެ. މީގެ އިތުރުން ދުރުރާސްތާ ޕްލޭންގެ ދަށުން ރައީސްގެ އިސްނެންގެވުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ ގޯތި ތެރޭގައި 250 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ޕްލޭން ކުރަމުންދާކަމަށްވެސް އިބްރާޙިމް ޢަބްދުލްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.

” ހުޅުމާލޭގައި ޚިދުމަތް ހޯދާ ފަރާތްތަކަށް އައިޖީއެމްއެޗަށް ނުވަތަ އެހެން ހޮސްޕިޓަލްތަކަށް ޚިދުމަތް ހޯދުމަށް ދާން ޖެހޭ ވަރު މިވަނީ މަދުވެފައި. ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރަމުންގެންދާއިރު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އީއާރުގެ ޖާގައިގެ ދަތިކަމާއި ވަޞީލަތްތައް މަދުވުން. ރައީސްގެ ޚާއްސަ އިރުޝާދުގެ ދަށުން އީއާރް ބޮޑުކުރުމުގެ މަސައްކަތް ފަށައި ޚިދުމަތްތައް މިވަނީ ޤާއިމްކޮށްފައި.” މާލެ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސިއީއޯ ވިދާޅުވިއެވެ.

ޙަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ އިތުރަށް ރައީސް އިރުޝާދު ދެއްވާފައިވަނީ ހޮސްޕިޓަލްތައް ވާދަވެރިގޮތުގައި ހިންގުމުގެ ބަދަލުގައި ގުޅިގެން މަސައްކަތް ކުރުމަށްކަމަށެވެ. އެގޮތުން މިހާރު އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުންނަށް ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އޮޕަރޭޝަންތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

ChatGPT Image Jul 22, 2026, 10 03 40 PM

އެއްމާބަނޑު ދެ ޑޮކްޓަރުން ދެ ދާއިރާއަކުން ރާއްޖޭގެ ފުރަތަމަ ސަބް ސްޕެޝަލިސްޓުންގެ ގޮތުގައި ތާރީޚުން ޖާގަ ހޯދައިފި

hulhumale hospital

ހުޅުމާލެ ހޮސްޕިޓަލުގައި މިމަހު ގޮހޮރާއި ނާރުގެ ބަލިތަކަށް ފަރުވާދޭން ފަށަނީ

88887

ހިމަބިއްސަށް ފަރުވާދެމުންދިޔަ ދިވެހި ޒުވާނަކު ނިޔާވެއްޖެ