ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް މާސްޓަރ ޕްލޭނުން މަގުފަހިވެގެންދާނެ: ރައީސް

STO_Ads
TTH_Ads
Maldivian_Ads
Advertisement

ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް އެމަނިކުފާާނު ގެންގުޅުއްވާ ތަސައްވުރު ހާސިލް ކުރެއްވުމަށް އެޗްޑީސީގެ މާސްޓަރޕްލޭނުން މަގުފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭގެ ރިވައިޒްޑް މާސްޓަރ ޕްލޭނާއި އެޗްޑީސީގެ އައު ވެބްސައިޓް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފައިނޭޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރެއްވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި އެޗްޑީސީން ތައްޔާރުކޮށްފައިވާ މާސްޓަރޕްލޭނަކީ ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް އެމަނިކުފާނު ގަސްތުކުރައްވާ ތަރައްގީގެ މަޝްރޫއުތަކާއި ހުޅުމާލޭގެ ތިން ފިޔަވަހި އެކުގައި ފައިނޭންޝަލް ސެންޓަރާއެކު ގުޅިލާމެހިގެން ތަރައްގީ ގެނައުމަށް މަގުފަހިވެގެންދާނެ ޕްލޭނެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ދުރު ރާސްތާއަށް ވިސްނިގެން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ޔަގީންކުރެވިގެންދާނެ މާސްޓަޕްލޭނަކަށް ކަމަށެވެ. އެހެންވެ އެ ޕްލޭން ހަގީގަތަކަށް ހެދުމަށް އެންމެންގެ ވިސްނުން އެއްގޮތްކޮށްގެން މަސައްކަތް ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

HajjCop_ads
Advertisement

“މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓް ގާއިމްވެފައިވާގޮތަށް އެއަށް ކޮމްޕްލިމަންޓް ކުރަން ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ. މިތަނުގައި އިހަށްދުވަހު އަޅުގަނޑުމެން ތައާރަފުކުރި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ މަޝްރޫއަކީ އިރާދަކުރެއްވިއްޔާ މިކަން ހަގީގަކަށް ހެދުމުގައި ޓްރާންސްފޯމޭޓިވްް ބަދަލެއް އަންނާނެ ވަރަށް މުހިންމު މަސައްކަތެއް،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެޗްޑީސީގެ މާސްޓަރ ޕްލޭންގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުވެގެންދާނެ ކަމަށެވެ. އެފަދަ މާހައުލެއް މާލެއަށް އަދިވެސް ނުގެނެވޭ ކަމަށާއި ހުޅުމާލޭގެ ކަންކަން ކުރިއަށްގެންދަންޖެހޭނީ އެކަމުން ފިލާވަޅު ނަގައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެ ތަރަައްގީ ކުރުމުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދުތައް އެޗްޑީސީއާއި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރައްވާ މަސައްކަތްތަކުން ފުއްދަވާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ހޭލުންތެރިކުރުވުމަށް ސައިލެންޓް ހަރަކާތެއް ހިންގައިފި

WhatsApp Image 2026 09 24 at 15.56.07

މަނަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

hulhumale

ހުޅުމާލޭ ރުއްގަނޑު ދޭއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

Nimaal

ސައުދީއާއެކު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން ފުޅާކުރުމަށް ރާއްޖެ ތައްޔާރު: ރައީސް މުއިއްޒު