ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސްގެ އިރުޝާދުގެ ދަށުން ހައްޖުވެރިންގެ ކަންކަން ފަސޭހަ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން: ޝަހީމް

dr. Shaheem
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ޙައްޖުވެރިންގެ ކަންކަން ފަސޭޙަ ކުރުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ޙައްޖުވެރިންގެ ކަންކަން ފަސޭހަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިކަންކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިންނަށް ރޭ ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީން ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާއެކު ދިވެހި ޙައްޖުވެރިންނަށް މިއަހަރު ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ކުރިއަށް ގެންދާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ނިންމެވިކަމީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގެ ތެރެއަށް އަންނަ އެންމެ ފަސޭހަ ކަންތައްތަކަށް ވެގެންދާނެކަމަށެވެ.

HajjCop_ads
Advertisement

ވަޒީރުގެ ވާހަަކަފުޅުގައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ޙައްޖުވެރިންނާއި ޙިއްސާ ކުރައްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަކަން ޙައްޖުވެރިންނަށް އިޙްސާސް ވެގެންދާނީ ޖިއްދާ އެއާޕޯޓުންކަމަށާއި ޙައްޖުވެރިންނަށް ޖިއްދާ އެއާޕޯޓުން ސަޢުދީ ސަރުކާރުގެ އިސްތިޤުބާލު ކުރައްވާނެކަމަށާއި، އިމިގްރޭޝަންގެ ކަންކަމަށް އަދި ފޮށިތައް ނެގުމަށްވެސް ޙައްޖުވެރިން އެއާޕޯޓުގައި މަޑުކުރަން ނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ޙައްޖުވެރިންގެ ހައްޤުގައި ދިވެހި ސަރުކާރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާނެކަމަށާއި، ޙައްޖުވެރިއަކަށް ޙާލަތެއް ދިމާވިނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންގެ ތެރެއިން މިއަހަރު ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު އެއާޕޯޓުގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވް އިފްތިތާޙްކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

90

ޒުވާން ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތް ހުއްޓާލައިފިނަމަ އިސްލާމީ ދާއިރާއިން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ: މިނިސްޓަރު ޝަހީމް

Sstv FORM FOR EC

މ. އަތޮޅުގެ ފުރަތަމަ ޙާފިޒާއާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފި

dr shaheem

ނަމާދު ގަޑީގައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތައް އަޑު ކަނޑާލަން އަންގާފައެއް ނުވާނެ: ޑރ. ޝަހީމް