ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި އޮނާ ބެހޭ ދިރާސާއެއް ކުރަނީ

Onu
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެޓްމޮސްފިއާ ފައުންޑޭޝަން ގުޅިގެން ރާއްޖޭގައި އޮނާއި ބެހޭ ދިރާސާއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ނައިބު ރައީސް ޢަބްދުލްޢަޒީޒް ޢަބްދުލްޙަކީމެވެ.

މި ދިރާސާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެންނަ އޮނުގަހުގެ ބާވަތްތައް ދެނެގަނެ ގިންތިކޮށް، އޮނުގަހުގެ ސަބަބުން ބިމަށް ކުރާ އަސަރު ދެނެގަންނާނެއެވެ. އޮނަކީ ތިމާވެއްޓާ ރައްޓެހި އަދި ޖައްވުގައި އޮކްސިޖެން ލެވެލް މަތި ކޮށްދޭން އެހީ ވެދޭ ގަހަގަކަށް އެ ގަސް ވާތީއެވެ.

HajjCop_ads
Advertisement

ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުންވެސް ދަނޑުގައި ހައްދާ ބައެއް ގަސްތައް ހިފެހެއްޓުމަށް ބޭނުންކުރާ ދަގަނޑު ގެ ބަދަލުގައިވެސް އޮނު ބޭނުންކުރެއެވެ.

އެމްއެންޔޫއިން ފާހަގަކުރާ ގޮތުގައި މިއީ ކާބަން މަދުކުރުމާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

އެޓްމޮސްފިއަރ ފައުންޑޭޝަންގެ ފަރާތުން އަންނަނީ ހދ. ވައިކަރަދޫއާއި ށ. ގޮއިދޫގައި އޮނު އާލާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމް އަންގާރަ ދުވަހު ފަށާނެ

National university

އެމްއެންޔޫގެ ވެލްނަސް ސެންޓަރު ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

Image 20

ބެޗެލާ އޮފް ސްޓެޓިސްޓިކްސް ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީން ހުޅުވާލައިފި

990

ކަނޑުތަކާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާތައް ކުރިއެރުވުމަށް އެއްބަސްވުމެއް