ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކެޔޮޅުންނާ ގުޅިގެން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

Keyol
TTH_Ads
STO_Ads
Advertisement

ކެޔޮޅުންނާ ގުޅިގެން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކެޔޮޅުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެޔޮޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ އެމަނިކުފާނާއެކު ކުރިން ބޭއްވި ބައްދަލުކުރެއްވުގައި ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ އުފާކުރާ ކަމަށެވެ. އަދި 48 ގަޑިއިރުތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން ކެޔޮޅުން ފާހަގަކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ކެޔޮޅުން ވަނީ މި ބައްދަލުކުރެއްވުމުގައި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން، ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދެއްވުމަށާއި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދެއްވުމަށް ވަނީ އެދިފައެވެ.

MMA_Ads
HajjCop_ads
Advertisement

މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަދައިދިނުމަށްވެސް ކެޔޮޅުން ވަނީ ހުށަހަޅާފައެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކެޔޮޅުންގެ ލޮބީގެ ނައިބު ރައީސް އަޒްވަދު ފާރޫގު ވިދާޅުވީ، މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް ދިމާވާ ގިނަ ގޮންޖެހުންތައް ރައީސާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސްގެ ވައުދުފުޅާއެއްގޮތަށް މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށްވެސް އަޒްވަދު ވިދާޅުވިއެވެ.

“އަބަދުވެސް ވަރަށް ގާތުން މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް އަމިއްލައަށް ވައުދުފުޅުވެވަޑައިގެންފައިވަނީ މިއަދު. އެހެންވެ އުއްމީދަކީ އަބަދުވެސް އަޅުގަނޑުމެންނަށް ރަނގަޅު ގޮތް މެދުވެރިވުން،” ކެޔޮޅުންގެ ލޮބީގެ ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކެޔޮޅުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ވަޢުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާޢަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުރިއަށް އޮތް ހަ މަހުގައި އޮންނާނީ ބައޯމެޓްރިކް ޑޭޓާ ނުދޭ ބިދޭސީން ޑީޕޯޓުކުރުން: ރައީސް

raees muiz

އާޓިފިޝަލް އިންޓެލިޖެންސް ރެގިއުލޭޓް ކުރުމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅަނީ

WhatsApp Image 2026 03 23 at 10.30.45

ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތިކަމެއް ނާންނާނެ: ރައީސް

448631 89f68b0e c

ރާއްޖޭގައި ކާބޯތަކެތި އުފައްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދެނީ