ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެސްޓީއޯ ހުޅުމާލެ ސްމާޓް ސްޓޯރ, ފާމަސީއަކަށް ބަދަލުކުރަން ނިންމައިފި

STO_Ads
TTH_Ads
Advertisement

ހުޅުމާލޭގައި ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާކުރުމަށްޓަކައި، އެސްޓީއޯ ސްމާޓް ސްޓޯ, ފާމަސީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން އިއްޔެ ރޭ ހާމަކޮށްފިއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލުކޮށް އަލުން ހުޅުވާނެ ކަމަށެވެ.

ޝިމާދު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯ ފާމަސީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އެ ކުންފުނިން އަންނަނީ ކުރަމުންނެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ނިމޭނެއެވެ.

HajjCop_ads
Advertisement

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯގެ “ސްމާޓް ސްޓޯ” ހުޅުވީ 2023 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ނަމަވެސް، ހުޅުމާލޭ ފޭސް 1 ގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި ހުޅުވި ސްމާޓް ސްޓޯއަށް ވިޔަފާރި ކުރުމަށް އެހާ ގިނަ ބަޔަކު ނުދާކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ހުޅުމާލޭ ފޭސް 1 ގެ އިތުރުން ހުޅުމާލޭ ފޭސް 2 ގައި ވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝިމާދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނިން އާމްދަނީ ހޯދަން ކުރާ ވިޔަފާރިއެއްގެ ބަދަލުގައި އާންމުންނަށް ލުއިފަސޭހަކޮށްދިނުމަށް ދޭ ޚިދުމަތެކެވެ.

އެސްޓީއޯއިން އަންނަނީ ދެމެހެއްޓެނެވި ގޮތެއްގައި މެދުނުކެނޑި ރައްޔިތުންނަށް ބޭނުންވާ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޑިޔާގެ ބޭސް އުފައްދާ ކުންފުންޏަކާއެކު ބޭހުގެ ބާވަތްތައް ގެނައުމުގެ އެއްބަސްވުމެއް އެސްޓީއޯއިން ގާއިމުކޮށްފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ފިލިޕްސް ބްރޭންޑްގެ އޭސީތައް އެސްޓީއޯއިން މިހާރު ލިބޭނެ!

ސްޓޭޓްފާމާއަށް ބަދަލުކުރަން އެސްޓީއޯ ފާމަސީތައް ތިން ދުވަހަށް ބަންދު

Sstv FORM FOR EC

އެސްޓީއޯއިން ފިޔާގެ އަގު ހިފަހައްޓައި، އަންނަ ހަފުތާގައި ހޯލްސޭލްކުރަން ފަށަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި