ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުފު ބަލިކޮށް ޕައޮލީނީ ޗެމްޕިއަންކަން ހޯދައިފި

TTH_Ads
STO_Ads
Advertisement

އިޓަލީގެ ރޯމުގައި ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓުގެ ޗެމްޕިއަންކަން ޖޭސްމީން ޕައޮލީނީ ހޯދައިފި އެވެ.

މި މުބާރާތުގައި ހަވަނައަށް ސީޑު ކޮށްފައިވާ އިޓަލީއަށް އުފަން ޕައޮލީނީ ޗެމްޕިއަންކަން ހޯދާފައިވަނީ ދުނިޔޭގެ ތިންވަނަ ކުޅުންތެރިޔާގެ މަގާމުގައި ހުރި އެމެރިކާގެ ކޮކޯ ގައުފު އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މުބާރާތް ކާމިޔާބު ކުރުމާއިއެކު މިއީ ކްލޭ ކޯޓެއްގައި އުމުރުން 29 އަހަރުގެ ޕައޮލީނީއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީ އެވެ. އަދި މިއީ އޭނާ ކާމިޔާބުކުރި އޭޓީޕީ 1000 ގެ ދަރަޖައިގެ ދެވަނަ މުބާރާތެވެ. މިދިޔަ އަހަރު ދުބާއީގައި ނިމިގެންދިޔަ ދުބާއީ ޗެމްޕިއަންޝިޕްވެސް އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.

MMA_Ads
HajjCop_ads
Advertisement

ޕައޮލިނީ މި މުބާރާތް ކާމިޔާބު ކުރުމާއިއެކު ކުރިއަށް އޮތް ފްރެންޗް އޯޕަން ޓެނިސް މުބާރާތާއި ކުރިމަތިލާއިން އޭނާއަށް އޮތް އިތުބާރު ވަނީ ބޮޑުވެފަ އެވެ. މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުން އޭނާ ވަނީ ބަލިވެފަ އެވެ.

ޕައޮލީނީ މި އަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައިވާއިރު މިއީ 1985 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ރަފައެއްލާ ރެގީ އަށް ފަހު މި މުބާރާތް ކާމިޔާބުކުރި އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

MPL_Ads
MWSC_ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިއޯއޭ އެމްބެސެޑާސް ސެޝަންގައި ބައިވެރިވުމަށް ޝަބާ ގްރީސްއަށް

އެސްޓީއޯ ވޯލްޑް ކަޕް ފޯރި ޕްރޮމޯޝަން ފަށައިފި

އޭދަފުށިން ގޯލްޑަންގެ ޗެރިޓީ ޝީލްޑް އުފުލާލައިފި

ކޭމްޕަށް ޤައުމީ ފުޓްސަލް ޓީމު ޗައިނާއަށް