ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ހައިވަކަރު ގަސްތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިންދަނީ

Tttt
Maldivian_Ads
TTH_Ads
STO_Ads
Advertisement

ލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ހައިވަކަރު ގަސްތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިންދުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރޯޒްވުޑް ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފެށުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތިމާވެށީގެ 1 ވައުދުފުޅު ކަމުގައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އެންވަޔަރްމެންޓް މިނިސްޓްރީގެ އެހީތެރިކަމާއެކު ފެށި ޕްރޮގްރާމެއް ކަމަށެވެ.

HajjCop_ads
Advertisement

ހަމައެއާއެކު ވަޒީރު ވަނީ ރައީސްގެ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 5.2 މިލިއަން ގަސް އިންދުމުގެ އަހުދު ލިބިފައިވާކަން ހާމަ ކުރަށްވާފައެވެ. އަދި މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ސްރީލަންކާ ސަރުކާރުން ހަދިޔާ ކުރަށްވާ ހައިވަކަރު ގަސްތައް މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި، ހުރިހާ ރިސޯޓަކަށް ހަދިޔާ ކުރަށްވަން ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެށީގެ ދުވަހުގެ ގަސް އިންދުމުގެ ހަރަކާތްތައް ބޭއްވުމަށް މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ވަނީ ފާހަގަ ކުރަށްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Klkl 1140x570

ނަމާލް ރާޖަޕަކްސަ ހައްޔަރުކޮށްފި

ChatGPT Image Jul 25, 2026, 01 03 36 AM

ލަންކާއަށް ޑްރަގް އެތެރެކުރި ދެ ދިވެއްސަކު ހައްޔަރުކޮށްފި

ސްރީލަންކާއަށް މޫސުމީ ވިއްސާރައިގައި ފެންބޮޑުވެ 15 މީހަކު މަރުވެއްޖެ

990

ލަންކާގައި އުޅޭ ދިވެހީން ކުރިއަށްގެންދާ އެހީގެ ހަރަކާތް ވަރަށް ކާމިޔާބު!