ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެ ބިލް އެއްވަރުވީ އޭޕްރިލް މަހަށްވެސް ޑިސްކައުންޓު ދިނުމުން: ސްޓެލްކޯ

stelco
STO_Ads
TTH_Ads
Advertisement

މިދިޔަ މާޗު މަސް ނުވަތަ ރޯދަ މަހުގެ ކަރަންޓު ބިލާއި ޖެހިގެން އައި އޭޕްރިލް މަހުގެ ގިނަ ބިލްތަކުގައި ބިލްގެ އަދަދު އެއްވަރު ވެފައި ވަނީ އޭޕްރިލް މަހަށްވެސް ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނީ އެއީ ހޫނުގަދަ މަހަކަށް ވެފައި އާންމުކޮށް އެ މަހުގެ ކަރަންޓު ބިލް ބޮޑުވާތީ ރައްޔިތުންނަށް ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

“ވީމާ އޭޕްރީލް މަހުގެ ކަރަންޓު ބިލް މި ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިން އިރު ‘އެ ކަރަންޓު ބޭނުންކުރެވުނު ވަރު’ އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް ބައެއް ބިލްތަކުގައި ބިލް އެމައުންޓު (ފައިސާގެ އަދަދު) މާޗު މަހުގެ (ރަމަޟާން މަހުގެ) ބިލާ ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މި ދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،” އެ ބަޔާނުގައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

މި އަހަރުގެ ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލުން މުޅި ޖުމްލަ 160 މިލިއަން ރުފިޔާ ޑިސްކައުންޓު ރައްޔިތުންނަށް ވަނީ ދީފައެވެ. މި އަހަރުގެ ރަމަޟާންމަހު ކަރަންޓާއި ފެންބިލުން 10 ޕަސެންޓު ޑިސްކައުންޓެއް ވަނީ ދީފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

37 އަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯއަށް ޚިދުމަތް ކޮށްދެއްވެވި މުޙައްމަދު ރިޓަޔަރ ކުރައްވައިފި

stelco

މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

stelco

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށްފި

stelco

ވިއްސާރައިގައި ކަރަންޓު ކެނޑޭތީ ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި