ފުލުހުންގެ ޓްރެއިނިންގައި އުޅެނިކޮށް ހާލު ދެރަވި މީހާ ނިޔާވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަކުރަމުންދިޔަ ޕޮލިސް ކޮންސްޓަބްލް ހުސައިން ގާއިސް (34އ) ހާލުދެރަވެ، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށެވެ.

މަރްހޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަކުރަމުންދިޔަ ފުލުހުންނަށް ތައުޒިޔާ ދަންނަވާ ކަމަށް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަމެވެ. މި ހިތާމަވެރި ވަގުތުގައި މަރްހޫމްގެ އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ..،" ފުލުހުން ބުންޏެވެ.

ގާއިސްގެ ހާލު ދެރަވެފައިވަނީ ދ. ވާނީގައި ޓްރެއިނިން ހަދަމުންދަނިކޮށް މިމަހުގެ ހަތަރުވަނަ ދުވަހުއެވެ. އައިޖީއެމްއެޗްއަށް ގެނެސް، އޭނާއަށް ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. އޭރު ވެސް އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެއެވެ.