ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިމަތިލުން ފެށީ އިންޑިއާއިން، ނަތީޖާގެ ޒިންމާ އުފުލަންޖެހޭނީވެސް އިންޑިއާއިން: ޕާކިސްތާން

TTH_Ads
STO_Ads
Advertisement

ސަރަހައްދުގައި އަނެއްކާވެސް ހަމަނުޖެހުން އުފެއްދީ އިންޑިއާއިން ކަމަށް، ޕާކިސްތާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފިއެވެ.

ޕާކިސްތާނަށާއި، ޕާކިސްތާނުން ވެރިކަންކުރާ ކަޝްމީރު ފަޅިއަށް އިންޑިއާ ސިފައިން ރޭގައި ދިން ވައިގެ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ.

މި ބައްދަލުވުމަށްފަހު އެ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ސަބަބަކާ ނުލައި ޕާކިސްތާނަށް ހަމަލާދީ އިންޑިއާއިން ވަނީ، ބައިނަލްއަގްވާމީ އުސޫލުތަކާއި ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވެފައި ކަމަށެވެ. އިންޑިއާގެ މި އަމަލުތަކަށް ޖަވާބުދާރީ ކުރުވެން ޖެހޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.

HajjCop_ads
Advertisement

އަދި އިންޑިއާއިން މި ފެށި ހަމަނުޖެހުންތަކުގެ ނުރައްކާތެރި މިންވަރު ދެނެގަނެ، އެކަމަށް ފިޔަވަޅު އެޅުމަށް ޕާކިސްތާނު ނޭޝަނަލް ސެކިއުރިޓީ ކޮމިޓީން ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައިވެއެވެ. އިންޑިއާ ސިފައިން ރޭގައި ވައިގެ ހަމަލާ ދީފައިވަނީ މަދަނީންގެ ސަރަހައްދުތަކަށް ކަމަށާއި، މިއީ ގަސްތުގައި ކުރި ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެ ސަރަހައްދުތަކަކީ “ޓެރަރިސްޓުން” ގެ ސަރަހައްދުތަކެއް ކަމަށް އިންޑިއާއިން ބުނެފައިވަނީ “ޚިޔާލީފޮލައެއްގެ” މައްޗަށް ބިނާކޮށް ކަމަށްވެސް ޕާކިސްތާނު ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ބަޔާނުގައި ބުނެފައި ވެއެވެ. އިންޑިއާއިން ދިން ބޭއިންސާފު އަދި ޒިންމާދާރުކަންކުޑަ ހަމަލާތަކުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހުރަސްއެޅި ނުރައްކާކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ހަމަ އެއާއެކު، ޕާކިސްތާނަށް ދިން ހަމަލާތަކާ ގުޅިގެން ކުރިމަތިވާނެ ނަތީޖާތަކުގެ ޒިންމާ އުފުލަން ޖެހޭނީ އިންޑިއާއިން ކަމަށްވެސް ނޭޝަނަލް ސެކިއުރިޓީ ކޮމިޓީން ބުނެފައި ވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާއިން ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި އަޅާނެ ފިޔަވަޅުތަކަށް ޕާކިސްތާން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާއިން ޕާކިސްތާނަށް ހަމަލާ މިދިނީ، އިންޑިއާގެ ބާރުގެދަށުގައި އޮންނަ ޖައްމޫ އެންޑް ކަޝްމީރުގައި ހަތިޔާރު އެޅި ގްރޫޕަކުން ހަމަލާދީ 26 މީހުން މަރާލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެގޮތުންނެވެ.
އެ ހަމަލާ ދިން ބަޔަކު ނުވެސް ބަލައި، އިންޑިއާއިން އެކަން އެޅުވީ ޕާކިސްތާނުގެ ބޮލުގައެވެ. ޕާކިސްތާނުން ތަކުރާރުކޮށް ގެންދިޔައީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ ޚާރިޖީ ވަޒީރު އުމާންގައި، “ޚަރަދުބޮޑުކަމުން” އެމެރިކާގެ މަންދޫބުން ޕާކިސްތާނަށް ނުފޮނުވަން ޓްރަމްޕް ނިންމައިފި

ޕާކިސްތާނު ވަރަށް ބިޒީ: އާސިމް ތެހެރާނުގައި، ޝަހްބާޒް ދޯހާގައި، ވާހަކަތައް ފަށާނެ ތާރީޚެއް އަދި ކަނޑަނޭޅޭ

އީރާނު، އެމެރިކާއަށް ބޮލެއް ނުލެނބި، އެންމެން މިހާރު އިންތިޒާރު ކުރަމުންދަނީ ޓްރަމްޕް ހަދާނެގޮތަކަށް

އީރާނާއެކު ބާއްވާ ވާހަކަތަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވެންސް، އިސްލާމްއާބާދަށް ވަޑައިގެންފި