ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

STO_Ads
TTH_Ads
Advertisement

ފ. ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން ވިދާޅުވީ ނިލަންދޫ އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން ޑްރެޖިން އަދި ރީކްލެމޭޝަންގެ 52 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ސޭންޑް ބައިންޑް ވޯލްގެ 72 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ނިލަންދޫ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

MMA_Ads
HajjCop_ads
Advertisement

މިއީ 390 ދުވަސްތެރޭ ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 2098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހާނެއެވެ. 1400 މީޓަރު ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ވެސް ހިމަނާފައިވެއެވެ.

ނިލަންދޫގައި އެއާޕޯޓެއް އެޅުމަކީ ޕީޕީއެމްގެ ކުރީ ސަރުކާރުން ވެސް ގެންގުޅުނު ތަސައްވުރެކެވެ. ރައީސް ސޯލިހްގެ ސަރުކާރުން އެ ސިޔާސަތަށް ބަދަލު ގެނައީއެވެ. މި ސަރުކާރުން އަލުން އެ މަސައްކަތް ވަނީ ފަށާފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

H6txovzbmjojwefnjhdb

ބޮޑުތަކުރުފާނު މަގުގެ ބަންދުކޮށްފައިވާ ސަރަހައްދަށް ފެރީ ލެފޭނެ އިންތިޒާމު ހަމަޖައްސައިފި

Sstv FORM FOR EC

ބޮޑުތަކުރުފާނު މަގުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

އުކުޅަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފި

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ކެޕިން މަސައްކަތުގެ 70 އިންސައްތަ ނިމިއްޖެ