ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 16 at 16.05.16
Maldivian_Ads
STO_Ads
TTH_Ads
Advertisement

ށ. ޅައިމަގު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޖުމްލަ 98 އިންސައްތަ މަސައްކަތް ނިމި، ބޮޑުހިލައިގެ ބޭރުތޮއްޓަށް ހިލަ އެތުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ޅައިމަގު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައިދީ، ޒަމާނީ ފެންވަރަކަށް އެރަށު ބަނދަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ސަރުކާރުން 56.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން، ޅައިމަގު ބަނދަރަށް 276 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 31,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 350 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުން ހިމެނެއެވެ. މީގެ އިތުރުން 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދެއެވެ.

ށ. ޅައިމަގު ބަނދަރު ބޮޑުކުރާއިރު، މިއީ އެރަށުގެ އޮޑިދޯނިފަހަރާއި ލަފާފުރާ ފަރާތްތަކަށް ލުއިފަސޭހަވާނެހެން ޒަމާނީ ފެންވަރަކަށް ތަރައްޤީކުރާ ބަނދަރެކެވެ.

ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު 1,380 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓްލުމާއި، މަގު ބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫޢު ނިމުމުން ޅައިމަގުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2025 11 22 at 20.05.47 (1)

އާރުޑީސީއާ ޙަވާލުކޮށްފައިވާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް އެމްޓީސީސީގެ ދަށަށް!

WhatsApp Image 2026 10 11 at 13.35.12

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

WhatsApp Image 2026 10 11 at 14.18.54

ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ %63 މަސައްކަތް ނިމިއްޖެ

ނޭކުރެންދޫ ބަނދަރުގެ %59 ނިމިއްޖެ