ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަސް ކެޓަގަރީއަކުން މޯލްޑިވިއަން ނޮމިނޭޓްވެއްޖެ

Ttmmvt feature photo in use 43 672x428
TTH_Ads
STO_Ads
Advertisement

ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ފަސް ކެޓަގަރީއަކުން ޤައުމީ އެއާލައިން، މޯލްޑިވިއަން ނޮމިނޭޓްވެއްޖެއެވެ.

މިގޮތުން މޯލްޑިވިއަން ނޯމިނޭޓްވެފައިވަނީ އިންޑިއަން އޯޝަންސް ލީޑިންގ އެއާލައިނާއި، ލީޑިންގ އެއާލައިން-ބިޒްނަސް ކްލާސް، ލީޑިންގ އެއާލައިން-އިކޮނޮމީ ކްލާސް، ލީޑިންގ އެއާލައިން ބްރޭންޑް އަދި ލީޑިންގ ކެބިން ކްރޫގެ ކެޓަގަރީންނެވެ.

މިކަން ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި މޯލްޑިވިއަނުން ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި އެ އެއާލައިނަށް ވޯޓު ދިނުމަށް އެދިފައެވެ.

HajjCop_ads
MMA_Ads
Advertisement

ވޯލްޑް ޓްރެވަލް އެވޯޑްސްގައި މި ލިންކު މެދުވެރިކޮށް މޯލްޑިވިއަނަށް ވޯޓު ދެވޭނެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ދާއިރާއެއްގެވެސް އެންމެ ފެންވަރު ރަނގަޅު ފަރާތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ގްރޭންޑް ފައިނަލް ގާލާ އޮންނާނީ 9 ޑިސެންބަރު 2025 ގައި ބަޙްރައިނުގައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

އުތުރުގެ ތިން އަތޮޅެއް ވައިގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

maldivian

މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު އިތުރު 2 ބޯޓު ގެންނަނީ

Maldivian

މޯލްޑިވިއަންގެ ދެވަނަ ވައިޑް ބޮޑީ މަތިންދާބޯޓު މި އަހަރުގެ ފަހުކޮޅު ގެންނަނީ

މެލްބަންއިން ސީދާ ރާއްޖެ އައިސްފި، ފަތުރުވެރިންނަށް ހޫނު މަރުހަބާއެކު