ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑޮލަރު މައްސަލަ މުޅިން ހައްލުކޮށް 2027ގެ ނިޔަލަށް ބޭންކް ރޭޓުގައި އެންމެންނަށް ޑޮލަރު ލިބޭނެ: ރައީސް

TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުގެ މައްސަލަ ހައްލުކޮށް، ބޭންކު ރޭޓުގައި އާންމު ރައްޔިތުންނަށް ޑޮލަރު ލިބޭނެ ކަމަށެވެ. މި ބަސްފުޅު އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން މީސް މީޑިއާގައި ފަށާފައިވާ “ސްޕޮޓް އޮން” ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައެވެ.

މި އެޕިސޯޑުގައި ޒުވާނުންގެ ކަންބޮޑުވުންތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ސުވާލު ކުރެވުނެވެ. ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށާއި، ނަމަވެސް އެކަމަށް ވަގުތު ނަގާނެ ކަމަށެވެ. އަދި ސަރުކާރުން ނިންމަވާފައިވާ ފިޔަވަޅުތައް ތަންފީޒުވެއްޖެނަމަ މި މައްސަލައަށް ހައްލު ލިބޭނެ ކަމަށް އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރުވެސް ޤަވާޢިދުން ބޭންކުތަކަށް ޑޮލަރު މާރުކުރަމުން ގެންދެއެވެ. އަދި ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބެމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

“މިހާރު އަޅުގަނޑުމެން އަޅަމުންދާ ފިޔަވަޅުތައް އިޢުލާންކޮށްފައިވާ ގޮތަށް ތަންފީޒުވެއްޖެނަމަ، ޑޮލަރުގެ މައްސަލަ ހައްލުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. މުޅިން ރަނގަޅުވާން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ. މިހާރު އަޅުގަނޑުމެން ލަނޑުދަނޑިއަކީ 2027 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ ގޮތް ހެދުން،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޭރުފައިސާގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައެވެ. މީގެ ތެރޭގައި ނިޒާމީ ގޮތެއްގައި ދޫކޮށްލެވިފައިވާ ބޭރުފައިސާގެ ކަޅުބާޒާރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުމާއި، މިއަހަރު ފެށުނުއިރު ބޭރުފައިސާއާ ގުޅޭ އައު ޤާނޫނަކަށް ޢަމަލުކުރަން ފެށުން ހިމެނެއެވެ. މި ޤާނޫނުގެ ދަށުން ރާއްޖޭގައި ބޭރު ފައިސާއިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިއަކުންވެސް، ދިވެހިރާއްޖޭގައި ހިންގަމުންދާ ބޭންކުތަކަށް ބޭރުފައިސާ މާރުކުރަން ޖެހެއެވެ.

މި ޤާނޫނުގެ ދަށުން، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ. އަދި އެހެނިހެން ވިޔަފާރިތަކުން އާމްދަނީގެ ގޮތުގައި 15 މިލިއަން ޑޮލަރަށްވުރެ އިތުރަށް ލިބޭނަމަ، އެ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މި ފުރުޞަތު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ.މި ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް އިތުރުވެ، ޑޮލަރުގެ ލިބެންހުރި މިންވަރު އިތުރުވާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ. މީގެ އިތުރުން، ބޭރުފައިސާގެ ކަޅުބާޒާރު ހަނިވެ، ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން ޑޮލަރު ލިބުމުގެ ފުރުޞަތު ފަހިވާނެކަމަށްވެސް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ބަސްފުޅުތަކުން ދޭހަވަނީ، ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލައްވާފައިވާ ކަމާއި، މެދު ރާސްތާގެ ލަނޑުދަނޑިއެއްގެ ގޮތުގައި 2027 ވަނަ އަހަރު ކަނޑައަޅުއްވާފައިވާ ކަމެވެ. މި މުއްދަތުގެ ތެރޭގައި އެޅޭ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނެކަމަށް އުންމީދުކުރެވޭއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި އަދި ބޭރުފައިސާ ލިބޭ މިންވަރު އިތުރުވުމާއެކު، ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ޔަޤީންކުރައްވައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރާއްޖޭގައި ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

MPL

ތިލަފުއްޓަށް ޕޯޓް ބަދަލުކުރާއިރު ބައެއް ހިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ލިބޭނެ: ރައީސް

Qw

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

Qw

ކޮރަޕްޝަނުން ގެއްލިފައިވާ ދައުލަތުގެ މުދަލާއި ފައިސާ ހޯދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި