ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލްބަނީޒްގެ ވަރުގަދަ ރައްދު އެމެރިކާ އެމްބަސެޑަރަށް: އިންސާނީ އެހީ ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް!

TTH_Ads
STO_Ads
Advertisement

އދ އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކާބެހޭ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒް، އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ މައިކް ހަކަރބީއަށް ވަރަށް ހޫނު ބަހުގެ ރައްދު ހަމަލާތަކެއް ދެއްވައިފިއެވެ.

ފްރަންޗެސްކާ އަލްބަނީޒް، އެމެރިކާގެ އެމްބަސެޑަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައި ރައްދު ދެއްވީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމުގެ ބަދަލަށް، ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރުމަށް ހަކަރބީ ގޮވާލުމުންނެވެ.
އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ އެމްބަސެޑަރ މައިކް ހަކަރބީ، ވީޑިއޯ މެސެޖަކާއެކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އިސްރާއީލަށް ޕްރެޝަރކޮށްދޭން ޑަބްލިޔުއެޗްއޯގެ އިސް އޮފިޝަލަކު އޭނާއަށް ގޮވާލާފައިވާ ކަމަށާއި، ނަމަވެސް، ހަގީގަތުގައި ޕްރެޝަރ ކުރަންޖެހެނީ އިސްރާއީލަށް ނޫން ކަމަށާއި، ޕްރެޝަރ ކުރަންޖެހެނީ ހަމާސްއަށް ކަމަށެވެ.
އިސްރާއީލުން ހުށަހަޅާފައިވާ އެއްބަސްވުމުގައި ފުރަތަމަ ހަމާސްއިން ސޮއިކޮށް، ރަހީނުން މިނިވަންކުރަން ޖެހޭ ކަމަށާއި، އެމެރިކާއަށް އެންމެ މުހިންމު ވެފައިވަނީ ރަހީނުން މިނިވަން ކުރުމަށް ކަމަށް ހަކަބީ ބުނެފައި ވެއެވެ. ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރެވޭނީ އޭގެފަހުން ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

މައިކް ހަކަރބީ، އެކްސްގައި ކުރި ޕޯސްޓަށް ރައްދު ދެއްވައި، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކާބެހޭ ސްޕެޝަލް ރަޕޯޓްއަރ ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވީ، އެއްވަސް ހާލަތެއް މެދުވެރިގެން އިންސާނީ އެހީ ހިފެހެއްޓުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ރޯމް ސްޓޭޓޫޓްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

އެގޮތުން، ރޯމް ސްޓޭޓޫޓްގެ މާއްދާއެއްގެ ސްކްރީންޝޮޓް، އަލްބަނީޒްގެ މެސެޖްގައި ހިމަނުއްވާފައި ވެއެވެ. އެ މާއްދާގައި ބުނެފައިވަނީ، ހަނގުރާމައިގެ ހާލަތުގައިވެސް، މަދަނީން ދިރި ތިބުމަށް ބޭނުންވާ އިންސާނީ އެހީއަށް ހުރަސްއަޅައި، ބަނޑުގައިހޫނުކަން ހަތިޔާރެއްގެގޮތުގައި ބޭނުންކޮށްގެން ނުވާނޭ ކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވުމަކީ ޣައްޒާގެ އާންމުންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ގޯސްވެ، ޣައްޒާގެ އާބާދީ ނެތިގެން ހިނގައިދާނެ ކަމަށް ކުރެވިފައިވާ އަންދާޒާތަކަށް މަގުފަހިވެގެންދާ ފިޔަވަޅެއް ކަމަށް، އަލްބަނީޒް ވިދާޅުވެފައި ވެއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވައިގެން ފަލަސްތީނު މީހުންނަށް، ނުވަތަ އިސްރާއީލަށް ނުވަތަ އެހެން ބަޔަކަށްވެސް އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށާއި، މި ޖަނަވާރު އަމަލުތައް އެންމެން ގުޅިގެން ހުއްޓުވޭނެ ކަމަށް އަލްބަނީޒް ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދާދިފަހުން އިސްރާއީލަށް ކަނޑައެޅި އައު އެމްބަސެޑަރ މައިކް ހަކަރބީއަކީ ހަރުކަށި ޔަހޫދީއެކެވެ. އޭނާއަކީ، ފަލަސްތީނު ރައްޔިތުން އެމީހުން ގެދޮރާއި ވަޒަނުން ބޭރުކޮށް ފައްސާލަން އަބަދުވެސް ވަކާލާތުކުރާ މީހެކެވެ.

އެކަމާހެދި، އޭނާ އެމްބަސެޑަރު ކަމަށް އައްޔަން ނުކުރާން، އެމެރިކާއާއި، އެހެން އެތައް ޖަމިއްޔާއަކުން ޕެޓިޝަންތައްވެސް ހުށަހަޅައި، އަދި އެތައް ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔައެވެ.

އެ އަޑުތައް ނާހައި، އެމެރިކާގެ ކޮންގްރެސްއިންވަނީ، ޓްރަމްޕް ހުށަހެޅި މައިކް ހަކަރބީ، އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާ އެމްބަސެޑަރު ކަމަށް އައްޔަންކުރަން ރުހުން ދީފައެވެ.

MWSC_ads
MPL_Ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާން-އެމެރިކާ އެމްއޯޔޫގައި ސޮއިކުރި ނަމަވެސް ސްވިޒަރލޭންޑްގައި މާދަމާ ބާއްވާ ބައްދަލުވުން ކުރިއަށްދާނެ

އީރާނުގެ އިންޒާރު އިސްރާއީލާއި އެމެރިކާއަށް: ލުބުނާނަށްދޭ ހަމަލާތައް ނުހުއްޓައިފިނަމަ ނަތީޖާ ވަރަށް ގޯސްވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެ

Foreign ministry

އެމެރިކާ-އީރާނާ އެއްބަސްވުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި