ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިޔަރެއް ހަމަލާދިން މީހަކަށް ފަރުވާދެނީ

938888
މިޔަރު ހަމަލާދިނުމުން ލިބުފައިވާ ޒަޚަމްތައް
TTH_Ads
STO_Ads
Advertisement

ކުޅުދުއްފުށި ސިޓީ ކައިރިއަށް މަސް ހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީފިއެވެ.

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ މިޔަރު ހަމަލާދިނުމުގެ ސަބަބުން އުމުރުން 30 އަހަރުގެ ޒުވާނާގެ ޒުވާނަކު މިއަދު ހެނދުނު 6:45 ހާއިރު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ ޒުވާނާގެ ކޮނޑުހުޅު ނެއްޓިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެ ޒުވާނާގެ ކަނާތު ކޮނޑު ކައިރިއަށް ދިން އެ ހަމަލާއާ ގުޅިގެން ޑޮކްޓަރުން ފަރުވާދީ ކޮނޑު ހުޅު އަޅުވައި ލޭ މަނާކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އެ ޒުވާނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން ބުންޏެވެ. ނަމަވެސް ޒަޚަމްވި ތަނުގެ ހަންގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މިޔަރު ހަމަލާދިނުމަކީ ވަރަށް މަދުން ރާއްޖޭގައި ހިނގާ ކަމެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސިފައިންގެ ތަމްރީނެއްގައި އުޅުނު އުމުރުން 23 އަހަރުގެ ލާންސްކޯޕްރަލް، މުހައްމަދު ޒައިދާނަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ވަނީ ނިޔާވެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

4 Suspects b3de25b0ae

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި

HOJGFv1awAEQtbz

ކުޅުދުއްފުށީގައި ޕިކްޕޯސްޓްގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށިގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ފަށައިފި

43

ކުޅުދުއްފުށީގައި ހުއްޓުވި ޓްރާންސްޕޯޓުގެ ހިދުމަތްތައް އަލުން ފެށުމަށް އެލްޖީއޭއިން އަންގައިފި