ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދަން އަލުން އިއުލާނުކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

މޯލްޑިވިއަން އެއަރލައިންސް އިން އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމަށް އަލުން އިޢުލާން ކުރައްވައިފިއެވެ.

ޤައުމީ އެއަރލައިން، މޯލްޑިވިއަން އެއަރލައިންސް އިން އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް ފައްޓަވައިފިއެވެ. އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން މި އަހަރުގެ ފެބްރުއަރީ މަހު އެއާބަސް ހޯދުމަށް ކުރެއްވި އިޢުލާން ބާޠިލުކުރެއްވުމަށްފަހު، އަލުން ކުރައްވާފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ އެއާބަސް އޭ330-200 މޮޑެލްގެ މަތިންދާބޯޓެއް 5 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންފުޅުވާ ކަމަށެވެ.

މި މަތިންދާބޯޓު ފޯރުކޮށްދެއްވަން ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވާފައިވެއެވެ. އަދި މަތިންދާބޯޓުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ބިޒްނަސް ކްލާހުގައި މަދުވެގެން 20 ގޮނޑި ހުރުން ހިމެނޭ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެފައިވެއެވެ.

HajjCop_ads
Advertisement

ޤައުމީ އެއަރލައިނަށް ފުރަތަމަ ފަހަރަށް އޭ-330 މަތިންދާބޯޓެއް ގެންނެވީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި މަތިންދާބޯޓުން މިހާރު ޗައިނާގެ ބެއިޖިންގ، ޝަންގްހާއި އަދި ޗެންގްޑޫއަށް ދަތުރުތައް ކުރައްވައެވެ. އަދި ޔޫރަޕަށްވެސް ދަތުރުތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ މި މަތިންދާބޯޓަކީ އެއްވެސް ތަނެއްގައި ނުޖައްސަވާ 13,000 ކިލޯމީޓަރަށް ސީދާ ދަތުރުކުރެއްވުމުގެ ޤާބިލުކަން ލިބިފައިވާ މިވާ މަތިންދާބޯޓެކެވެ. މި މަތިންދާބޯޓުގައި ތިން ކްލާހެއް ހިމެނެއެވެ. އެއީ ބިޒްނަސް ކްލާހުގައި 18 ގޮނޑި، ޕްރިމިއަމް އިކޮނޮމީ ކްލާހުގައި 36 ގޮނޑި އަދި އިކޮނޮމީ ކްލާހުގައި 210 ގޮނޑިއާއެކު ޖުމްލަ 264 ގޮނޑިއެވެ.

މި މަތިންދާބޯޓުން ދަތުރުކުރައްވާ ކޮންމެ ފަސިންޖަރަކަށްވެސް 40 ކިލޯގެ ބެގޭޖު އުފުއްލެވޭނެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

މި ސަރުކާރުން އެތެރޭގެ އުދުހުންތަކުގެ އަގަށް ބަދަލެއް ނުގެނޭ: އަމީން

Maldivian

މޯލްޑިވިއަންގެ ފްލީޓަށް އެއަރބަސް ދެ ބޯޓު ހޯދުމަށް އިއުލާނުކޮށްފި

މޯލްޑިވިއަންގެ ހިންގުމަށް ގެނައި ބަދަލުތަކުގެ ރަނގަޅު ނަތީޖާދަނީ ފެންނަމުން: އަމީން

ލަގްޒަރީ ފެންވަރުގެ ޚިދުމަތްތަކާއެކު މޯލްޑިވިއަންގެ އައު ސީޕްލޭން ޓާމިނަލް ހުޅުވައިފި