އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މަފިރިއަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.
އއ. ރަސްދޫގައި އެޕާޓްމަންޓް ގޮތަށް ހަދާފައިވާ ގެއެއްގެ ކޮޓަރިއެއްގައި މިރޭ 11:00 ހާއިރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ މަފިރިއަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ވަނީ ސާފުނުވެއެވެ.
ރަސްދޫ ކައުންސިލުން މުޅިރާއްޖެ އަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލިފާން ރޯވި ތަނުގައި އަނިޔާވި ދެ މަފިރިންގެ އިތުރުން އަންހެން މީހާގެ މައިންބަފައިން ވެސް ދިރިއުޅެމުން ގެންދެއެވެ. އަނިޔާވި ދެ މަފިރިންނަށް މިހާރު ވަނީ މާލެ ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.

“ޑޮކްޓަރުންގެ ބަހުން އެ ދެ މީހުންގެ ހަށިގަނޑުގެ 90 އިންސައްތަ ވަނީ އަނދާފައި،” ރަސްދޫ ކައުންސިލުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅޭ ތަޙްޤީޤު މިހާރު ދަނީ ކުރިއަށެވެ.





ކިޔުންތެރިންގެ ހިޔާލު