ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދެއްވާ: ރައީސް

Dsc 0861
STO_Ads
TTH_Ads
Advertisement

ދިވެހި މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިމެނިގެން، އެއަތޮޅު ކުޑަހުވަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް އިޝާރާތްކުރައްވަމުންނެވެ.

ސަރުކާރުން ރައްޔިތުންނަށް މަސްދަޅު ކޭސް ބައްސަވަން ފެއްޓެވުމާ ގުޅިގެން ފަތުރަމުންދާ އަޑުތަކަށް ޢިޝާރަތްކުރައްވައި އެމަނިކުފާނު ވަނީ، ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް، ކަރަންޓުބިލާއި ފެންބިލުން ރަމަޟާންމަހު ޑިސްކައުންޓް ދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

MMA_Ads
HajjCop_ads
Advertisement

މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި، ދޮގު ޚަބަރު ރައްދުވެއްޖެ މީހާގެ ޢަމަލުތައް ބަހައްޓަންވީ ގޮތާމެދު، ކީރިތި ޤުރުއާނާއި ޙަދީޘްފުޅުން ހެކި ދައްކަވައި ވާހަކަފުޅު ދައްކަވާފައެވެ. މީހަކު ދައްކާހާ ވާހަކައެއް ބަލައިލުމެއް ނެތި ޤަބޫލުކުރުމާމެދު އިސްލާމް ދީން އަންގަވާ ގޮތަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދު ދޮގު ބަލާ މީހަކަށް ކަމުގައެވެ.

މުސްލިމުން އުޅެންވާގޮތް، ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާކަން ހަނދުމަފުޅުކޮށްއަރުވަމުން އެ މަނިކުފާނު ވަނީ، ދޮގުހެދުމާއި، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީހުންގެ ޢަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތައް މި އިސްލާމީ މުޖުތަމަޢުގައި ފެތުރިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ރަމަޟާން މަހު، އަމިއްލަ ނަފުސުތައް މިކަމުން ޠާހިރުކުރުމަށް ޢަޒުމު ކަނޑައެޅުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. އަދި ހުރިހާ މަންސައެއްގައިވެސް ދޫ ރައްކާތެރިކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ޤައުމީ ތަރައްޤީއަކީ، ފިކުރީ ތަރައްޤީ އާއި ހިތާއި ސިކުނޑީގެ އަދި ނަފުސުގެ ތަރައްޤީކަމުގައި، އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން، މިރޭގެ ޖަލްސާގައިވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
HajjCop_ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

463010 3d542535 7

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

463029 725cd6d7 f

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާނީ އެއްވެސް ނުފޫޒެއް ނެތިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

461573 1409cdbf c

އިސްދޫ-ކަލައިދޫގައި އާ އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި

Sstv FORM FOR EC

ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް އެޅުމަށް ހުރަސްއަޅަނީ ސިޓީ ކައުންސިލުން: ރައީސް