ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ބަހުގެ އެކެޑަމީން ދެ އަހަރު ތެރޭގައި 160 އާ ލަފުޒު އުފައްދައިފި

L 2022 07 08 110805 Xcuokvqlj7zi85f12ahytd3smw6r9gpneb4 En
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހި ބަހުގެ އެކެޑަމީން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި 160 އާ ލަފުޒު އުފައްދައިފިއެވެ. މިކަން ހާމަވެގެން ދިޔައީ  ދިވެހި ސަރުކާރުގެ ގެޒެޓްގައި އެކެޑަމީން ޝާއިޢުކުރި ލިސްޓަކުންނެވެ.

މި ލިސްޓުގައި ހިމެނެނީ 2022 އަދި 2023 ވަނަ އަހަރު އުފެއްދި އާ ލަފުޒުތަކެވެ. އޭގެ ތެރެއިން 2023 ވަނަ އަހަރު އުފެއްދީ 88 ލަފުޒެވެ. އަދި 2022 ވަނަ އަހަރު އުފެއްދީ 72 ލަފުޒެވެ.

އެކެޑަމީން މި ލަފުޒުތައް އުފެއްދުމުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ ޒަމާނާ އެއްގޮތަށް ބޭނުންކުރަމުންދާ އިނގިރޭސި ލަފުޒުތަކަށް ދިވެހި ބަދަލުތަކެއް ހޯދުމަށެވެ. މިގޮތުން “ވިޝަން” އަށް ދިވެހި ބަހުން ހަދާފައިވާ ލަފުޒަކީ “މާރެސް” އެވެ.

HajjCop_ads
Advertisement

އަދި ބައެއް އިނގިރޭސި ލަފުޒުތައް މާބޮޑު ބަދަލެއް ނުގެނެސް ދިވެހި ބަހުގެ ލަފުޒުގެ ގޮތުގައި ހިމަނާފައިވެއެވެ. މިސާލަކަށް “ވޭޕް” ގެ ދިވެހި ލަފުޒަކީ “ވޭޕު” ކަމަށް ކަނޑައަޅާފައިވެއެވެ. މިފަދަ ބަސްތަކުގައި ބަދަލުގެ ގޮތުގައި ގެނެސްފައިވަނީ ހަމައެކަނި ފިއްޔެކެވެ.

ދިވެހި ބަހުގެ އެކެޑަމީން އާ ބަސްތައް އުފެއްދުމުގައި ކުރިން ބައެއް ފަހަރު ފާޑުކިޔުންތަކާ ކުރިމަތިލާންޖެހިފައިވީ ނަމަވެސް، މި ފަހަރު އާންމުކުރި އާ ލަފުޒުތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ އަޝްރަފް ޢަލީ ވިދާޅުވީ، “އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ދިވެހި ބަސް ދިރުވައި އާލާކުރުމަށް. އާ ލަފުޒުތައް އުފެއްދުމަކީ މި މަސައްކަތުގެ މުހިންމު ބައެއް. އަޅުގަނޑުމެން އުއްމީދުކުރަނީ މި ލަފުޒުތައް ރައްޔިތުންނަށް ބޭނުންތެރިވެ، ދިވެހި ބަހުގެ ފުރިހަމަކަން އިތުރުވެގެންދާނެ ކަމަށް.”

މި އާ ލަފުޒުތަކުގެ ލިސްޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ. އަދި ދިވެހި ބަހުގެ އެކެޑަމީގެ ވެބްސައިޓުން ވެސް މި ލިސްޓު ލިބެން ހުންނާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އިސްތިއުފާދެއްވައިފި

އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ޅަދަރީންނަށާއި ޒުވާނުންނަށް ދިވެހި މާދަރީ ބަސް ފޯރާނެ މަގުތައް ތަނަވަސްވެފައި އޮންނަން ޖެހޭނެ: ރައީސް

112

ވާހަކަ ދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތް ފަށައިފި