ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި

Img 6442 1536x709
STO_Ads
TTH_Ads

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކޮށްދިނުމަށް އެދި ހުށަހެޅުނު މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ޙުސައިނެވެ. އަލީ ޙުސައިން ކޯޓުގައި އެދިވަޑައިގެންފައިވަނީ މި އިޞްލާޙަކީ ބާޠިލު އިޞްލާޙެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް މި އިޞްލާޙު ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި، މައްސަލަ ހުށަހެޅި ފަރާތަށާއި މައްސަލައަށް ތަދައްޚުލުވި ފަރާތްތަކަށް އަދި ދައުލަތުގެ ފަރާތުން ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ މި މައްސަލަ ބަލައިގަނެ ކުރިއަށް ގެންދިއުމަށެވެ.

HajjCop_ads

ދައުލަތުގެ ފަރާތުން، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިޖުރާއީ ގިނަ ނުކުތާތަކެއް ނަންގަވާފައެވެ. އެގޮތުން، ޤާނޫނުއަސާސީ އިޞްލާޙުކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރެއްކަމާއި، މި އިޞްލާޙު ގެނެވިފައިވަނީ އިޖުރާއަތުތައް ފުރިހަމަކޮށް 78 މެންބަރުންގެ ވޯޓުން ކަމަށް ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ ފަރާތްތަކެއް ކަމަށާއި، މި އިޞްލާޙަކީ އިޖުރާއަތުތައް ފުރިހަމަކޮށްގެން ގެނެވުނު އިޞްލާޙެއް ކަމަށް ޤަބޫލުނުކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ޖަވާބުދާރީވުމަށް 10 ދުވަހަށްވުރެ ގިނަ ދުވަސް ބޭނުންވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ދަންނަވާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ރިޔާސަތު ބެލެހެއްޓެވީ އުއްތަމަފަނޑިޔާރު މުޢުތަޞިމް ޢަދުނާނެވެ. އަދި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

PNC

ސުޕްރީމް ކޯޓްގެ ނިންމުމަށް ކޮންގްރެސް ޕާޓީން މަރުޙަބާ ކިޔައިފި

supreme court

ޕާޓީން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ޤާނޫނު އަސާސީއަށް ގެނައި އިޞްލާހު ޞައްޙަ: ސުޕްރީމް ކޯޓު

އާ މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދީފި

Majlis

ރައްޔިތުންގެ މަޖިލިހުގެ އިޖުތިމާއީ ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފި