ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ރޯދަ ސާފު” ޙަރަކާތް މާލޭގައި ފަށައިފި

Saq
މާލެ ސާފު ޙަރަކާތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތު
STO_Ads

“ރޯދަ ސާފު”ގެ ނަމުގައި މާލެ ސާފުކުރުމަށް މިއަދު ބާއްވާ ޙަރަކާތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައި “ރޯދަ ސާފު”ގެ ނަމުގައި މާލެ ސާފުކުރުމަށް މިއަދު ބާއްވާ ޙަރަކާތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

“ރޯދަ ސާފު”ގެ ނަމުގައި މާލެ ސާފުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޙަރަކާތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ޑިފެންސާއި، މޯލްޑިވްސް ޕޮލިހާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާއި، މިނިސްޓްރީ އޮފް ހެލްތާއި، އެމްޓީސީސީއާއި، އާސަންދަ ކޮމްޕެނީ ލިމިޓެޑާއި، ސްޓެލްކޯއާއި، އެމްޑަބްލިޔޫއެސްސީއާއި، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ގޭހާއި، ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗާއި، ވަޒީފާއާ ބެހޭ ޓްރެބިއުނަލާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހާއި، މީރާއާއި، ޓެކްސް އެޕީލް ޓްރަބިއުނަލާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ވެމްކޯއާއި އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާ ބައިވެރިވެއެވެ.

Maldivian_Ads

މި ޙަރަކާތް ފެށުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އިޖުތިމާއީ މަސައްކަތްތަކުގައި ދިވެހީންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ފެނިގެން ދާކަމަށާއި، ދިވެހީންނަކީ އަބަދުވެސް އިޖުތިމާއި ކަންކަމުގައި އެކަތިގަނޑަކަށް ވެގެން، އެއްރޫހެއްގައި މަސައްކަތް ކުރާ ބައެއްކަމަށެވެ.

“ރޯދަ ސާފު” ޙަރާކުގައި ގުރޫޕް 1 އިން ސާފުކުރަމުން ދަނީ އާޓިފިޝަލް ބީޗް ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި އިސްކޮށް ޙަރަކާތްރިވަމުން ދަނީ އާރު.ޑީ.ސީއާއި، މީރާއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ.

ގުރޫޕް 2 އިން ސާފުކުރަމުން ދަނީ އުސްފަސްގަނޑު ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ އެމް.އެން.ޑީ.އެފާއި، އެމް.ޑަބްލިޔޫ.އެސް.ސީއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ.

ގުރޫޕް 3 އިން ސާފުކުރަމުން ދަނީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ މޯލްޑިވްސް ޕޮލިހާއި، ކަރެކްޝަނަލް ސަރވިސްއާއި، ކަސްޓަމްސްއާއި، ނެޝަނަލް ޑްރަގް އެޖެންސީއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ.

ގްރޫޕް 4 އިން ސާފުކުރަމުން ދަނީ ޕޯރޓްސް ލިމިޓެޑް ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ.

ގްރޫޕް 5 އިން ސާފުކުރަމުން ދަނީ ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ މޯލްޑިވްސް ގޭހާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IRAN WAR COMMITEE 1536x951

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލެއް

43

ހުޅުމާލޭ ފޭސް2 ގައި ދެ މިސްކިތެއްގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ

43

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމް ކޮށްފި

Igmh

ރައީސުލްޖުމްހޫރިއްޔާ “ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް” މިއަދު އުފައްދަވައިފި