ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޝްހޫރު ލަވަކިޔުންތެރިޔާ މެޒޯ މުހައްމަދު ނިޔާވެއްޖެ

Mezzo
TTH_Ads
STO_Ads

ރާއްޖޭގެ މަޝަހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 59 އަހަރުގައި މެޒޯ މުހައްމަދު ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޭނާ އޮތީ ނިޔާވެފައެވެ.

މެޒޯ މުހައްމަދުގެ ދަރިފުޅު މީރާ މުހައްމަދު މާޖިދަކީ ވެސް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔެކެވެ.

HajjCop_ads

“މެޒޯ” ބޭންޑަކީ ނުވަދިހައިގެ އަހަރުތަކުގައި ދިވެހީންގެ މެދުގައި މަގުބޫލުކަން ހޯދި ބޭންޑެކެވެ. ލަވަކިޔުންތެރިއެއްގެ އިތުރުން އޭނާ އަކީ ކުޅަދާނަ ހުނަރުވެރި މިޔުޒީޝަނެއް ވެސްމެއެވެ.

އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލް، އެމްޓީވީގައި އެންމެ ފުރަތަމަ ދިވެހި ލަވައަކަށް ދެއްކީ ވެސް މެޒޯ ބޭންޑުގެ “ވިސްނާ ވިސްނާ” ލަވަކަން ފާހަގަކޮށްލެވެއެވެ.

މެޒޯ މުހައްމަދު މިއުޒިކުގެ ދާއިރާގައި ކުރި ހިދުމަތުގެ އަގު ވަޒަންކޮށް 2010، ގައި މިއުޒިކުގެ ދާއިރާއިން އޭނާއަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ސަރުކާރުން ދިނެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލ. ހިތަދޫގައި ޒުވާނަކު ގެނބިގެން މަރުވެއްޖެ

B 202604150336301776249390.698

ކުޅުދުއްފުށީގައި މޫދަށް އެރި އުޅުނު ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެ

ޕީޓްރަލް އަޙްމަދުބެ އަވަހާރަވުމާ ގުޅިގެން، ޢާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އައްޑޫގެ ޚިދުމަތްތެރިޔާ އަޙްމަދު ޞާލިޙް އަލިދީދީ އަވަހާރަވެއްޖެ