އައިޖީއެމްއެޗުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އެ ހާދިސާ ރިޕޯޓުކޮށްފައިވަނީ އައިޖީއެމްއެޗުން ކަމަށެވެ.

އެކަމާ ގުޅިގެން އިތުރަށް ހުރި ސުވާލުތަކަށް ޖަވާބުދިނުމަށް މައުލޫމާތު ސާފުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުން ބުނީ، ފުލުހުންނަށް ހުށަހަޅާ ކޮންމެ މަރުގެ މައްސަލައެއްގައި ވެސް އަމަލުކުރާ އުސޫލަކީ ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަނުވި ނަމަވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާ ސާމްޕަލް ނެގުން ކަމަށެވެ.

ކޭސް ފައިލްކުރާނީ ތަހުލީލުތަކުގެ ނަތީޖާއަށް ބެލުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.