
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބަޔޮގްރަފީ ފޮތެއް ނެރެން ނިންމައިފިއެވެ.
ގާސިމްގެ މުޅި ހަޔާތުގެ ވާހަކަތައް ހިމެނޭ އެ ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ މި މަހު 10 ވަނަ ދުވަހުއެވެ.
އެ ފޮތް ލިޔެފައި ވަނީ ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ޖަމީލެވެ. ގާސިމްގެ ހަޔާތުނާމާ އާއެކު އޭގެ އޯޑިއޯ ފޮތާއި ވެބްސައިޓު ވެސް އިފުތިތާހު ކުރަން ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ގާސިމްގެ ހަޔާތުގެ ވާހަކަތައް ކުރުގޮތަކަށް ދައްކައިދޭ ފޮޓޯ މައުރަޒެއް އެރޭ ވިލާ ކޮލެޖުގައި ހުޅުވަން ވަނީ ނިންމާފައެވެ.

އެ މައުރަޒު އާންމުންނަށް ހުޅުވާލަނީ ފެބްރުއަރީ 11، ގެ ހެނދުނު 9:00 އިން ފެށިގެން އެރޭ 10:30 އާ ހަމައަށެވެ.
އެ މައުރަޒަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ގާސިމްގެ ހަޔާތުނާމާ ފޮތެއް ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ.
ގިނަ ބަޔަކު އަންނަނީ މި ފޮތް ކިޔަން އިންތިޒާރުކުރަމުންނެވެ.







ކިޔުންތެރިންގެ ހިޔާލު