ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުޢިއްޒު މުރައިދޫ ކައުންސިލާއި ބައްދަލު ކުރައްވައިފި

Dsc 5006
STO_Ads
TTH_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުރައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މުރައިދޫ ސްކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި މުރައިދޫ ކައުންސިލުން ވަނީ، ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައާއި، ނެރާއި ބޭރުތޮށްޓާއި ބަނދަރުގެ މައްސަލައިގެ ސަބަބުން ލަފާފުރުމަށް ދިމާވެފައިވާ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށާއި، ރަށު ސްކޫލާއި ޞިއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން މުރައިދޫގެ މަގުތަކުގެ ޙާލަތާއި، ކަރަންޓުގެ ޙާލަތު ހިއްސާ ކުރައްވައި، ފުޓްސަލް ދަނޑެއް ބޭނުންވާކަން ކައުންސިލު މެންބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. ތަޢުލީމީ ދާއިރާގެ ތަރައްޤީއަށްޓަކައި ކައުންސިލާއި ސްކޫލާއި ތަޢުލީމީ ވުޒާރާ ގުޅިގެން ތަރައްޤީގެ ޕްލޭނެއް އެކުލަވާލައިގެން ރަށު ސްކޫލަށް ބޭނުންވާ ކަންކަން އެންމެ އިސްކަންދޭ ތަރުތީބަކުން ބަހާލައިގެން ކޮށް ނިންމުމަށާއި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ.

HajjCop_ads
Advertisement

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް