ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫ އިސްލާމީ މަރުކަޒު އިސްލާމީ ހައިބަތު ދައްކުވާދޭ ރީތި އިމާރާތަކަށް ވެގެންދާނެ

Big Ro6nm8yiobxkrraz8b3n53jq5
TTH_Ads
Maldivian_Ads
STO_Ads
Advertisement

ހއ. ދިއްދޫގައި އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. މި މަރުކަޒަކީ އިސްލާމީ ހައިބަތު ދައްކުވައިދޭ ރީތި އިމާރާތަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި މަރުކަޒުގެ ސްޓްރަކްޗަރގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މަރުކަޒުގެ ޤުއްބު ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ނިންމާލެވިފައެވެ. މިހާރު ކުރިއަށްދަނީ މަރުކަޒު ޒީނަތްތެރިކުރުމުގެ މަސައްކަތްތަކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 4 ކްލާސްރޫމާއި، ދެ ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ބައެއް ހިމެނޭނެއެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކުރެވުނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އަދި 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ވަނީ އެއްބަސްވެފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މި މަޝްރޫޢަށް 50.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

މި އިސްލާމީ މަރުކަޒު ނިމުމުން، ދިއްދޫގެ ރައްޔިތުންނަށް ދީނީ ޢިލްމު އުނގެނުމާއި އިސްލާމީ ޘަޤާފަތް ކުރިއެރުވުމަށް މުހިންމު ވަސީލަތްތަކެއް ލިބިގެންދާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދިއްދޫ އިސްލާމީ މަރުކަޒު މިމަހުގެ 28 ވަނަ ދުވަހު ހުޅުވަނީ

ދިއްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދިއްދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅައިފި

ދިއްދޫއަށް ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިފި