ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާއަށް ފަށައިފި

1736201383264
TTH_Ads
STO_Ads
Advertisement

ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާއަށް ފަށައިފިއެވެ. އެންމެ ފުރަތަމަ ދަތުރު ފަށާފައިވަނީ ޗައިނާގެ ޗެންޑޫއަށެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އެ ބޯޓުގައި ޗައިނާގެ ޗެންޑޫއަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ވަނީ ޗައިނާއަށް ދަތުރުކޮށްފައެވެ. އޭގެތެރެއިން 32 މީހުންނަކީ ފަތުރުވެރިންނެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާއަށް ފެށުމާއިއެކު އެއަރލައިނުން ވަނީ ޓިކެޓް އަގުހެޔޮ ފެއަރއެއްވެސް ފަށާފައެވެ. މޯލްޑިވިއަން ހޮލިޑޭސްގެ ޖެނެރަލް މެނޭޖަރ ރިޒަވޭޝަން އެންޑް ޓިކެޓިން އައިމިނަތު ސަމީހާ ވިދާޅުވީ، މިވަގުތު މޯލްޑިވިއަންގެ ޓިކެޓުން ކުރިއަށްގެންދާ ފެއަރއިން މާކެޓްގައި ޗައިނާގެ ޓިކެޓްހުރި އަގާއި އާޅަބަލާއިރު 30 އާއި 50 އިންސައްތައާއި ދެމެދު އަގު ހެޔޮވެގެންދާނެކަމަށެވެ. މިވަގުތު އޮންނާނީ ހަފްތާއަކު 3 ފްލައިޓެވެ. އެއީ ހޯމަ ބުދަ ހުކުރު ދުވަހުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އައިމިނަތު ސަމީހާ ވިދާޅުވީ:-

HajjCop_ads
Advertisement

ގާތްގަނޑަކަށް މާކެޓްގައި އުޅޭ ރޭޓްތަކަށް ބަލާއިރު %30 އާއި %50 ދަށްކޮށް އަޅުގަނޑުމެން މިހާރު މިފަށަނީ ދަތުރުތައް. ބޭނުންނަމަ އެއް މަންޒިލަށް ގޮއްސަ އަނެއް މަންޒިލުން ރިޓާންވެސް ކުރެވޭގޮތައް އޮންނާނީ

މޯލްޑިވިއަންގެ ފުރަތަމަ ދަތުރުގައި ޗެންޑޫއަށް ދަތުރުކުރި އެ ޤައުމުގެ ރައްޔިތަކު ބުނީ މޯލްޑިވިއަންއިން މި ފެށި ސީދާ ދަތުރުތަކާއިއެކު 1 ދުވަހުގެ ދަތުރެއް 6 ގަޑިއިރަށް ކުޑަވެފައިވާކަމަށެވެ. މިއީ އެމީހުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަންނަ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާބޯޓެއް ރާއްޖެ ގެނެސް ޔޫރަޕަށް ދަތުރު ފެށުމަށް ޤައުމީ އެއަރލައިނުން ދަނީ ތައްޔާރުވަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައިލެންޑް އެވިއޭޝަން ހައުސިން ޔުނިޓުތައް ތަރައްޤީކުރަން ބަޔަކު ހޯދަނީ

Maldivian tourist arrival

ވައިޑް ބޮޑީ އެެއާކްރާފްޓްގައި 67،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވޭ: އަމީން

Hajj & Umra

ދިވެހި ހައްޖުވެރިން މިއަދުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެ

Maldivian

ބައިނަލްއަޤުވާމީ އެކި މަންޒިލުތަކަށް މޯލްޑިވިއަންގެ ދަތުރުތަކާއި އެކު ބޮޑު ކާމިޔާބީތަކެއް!