މާދަމައިން ފެށިގެން މޫސުން އަނެއްކާވެސް ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެ އެވެ. އެއިދާރާއިން ނެރުނު މޫސުމާބެހޭ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެއިރުން ހުޅަނގުދެކުނު ބޭއޮފް ބެންގަލޯރުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށެއެވެ. އަދި މި ކޮޅިގަނޑުގައި ހުޅަގަށް ވައިޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޯޑުވާނެކަމަށެއެވެ.

އެހެންކަމުން 13 ޖެނުއަރީ އިން 18 ޖެނުއަރީއަށް  ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެއެވެ. އަދި އާއްމުވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށެއެވެ. އަދި މީގެ އިތުރުން ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއްރަށްތަކަށް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތްކަމަށެެއެވެ.

ވީމާ މޫސުންގޯސްވާނެ ކަމަށްތައްޔާރުވެ ގެއްލުންކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު