ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް މިއީ އެންމެން އެއްބައިވާންވީ ދުވަސް!

Photo 6298465168039984888 Y
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ ގިނަބަޔަކު ބައިވެރިވެވަޑައިގެންފިއެވެ

ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވާ ގަޑިކަމުގައިވާ ހެނދުނު 9:23ގައި ގެނައި ހަމަހިމޭންކަމުގެ މި ވަގުތުކޮޅުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައިސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެކުނުން، ކުރީގެ ހުރަވީ ބިލްޑިންގ ހުރި ސަރަހައްދަށެވެ. އެ ސަރަހައްދުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މާލެ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުންވެސް އޮފީސްތަކުން ބޭރަށް ނުކުމެވަޑައިގެން މި ސްކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.Dsc 6158

2004 ޑިސެންބަރު ގެ ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީފާހަގަކުރަމުންނެވެ. މިކާރިސާއިން ހާލުގައި ޖެހުނު ގިނަބަޔަކަށް އެހީތެރިކަން ރާއްޖޭގެ ގިނަރަށްތަކުން އަމިއްލަފަރުން ފަރުދުންގެ ލެވެލްގައިވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހެންކަމުން މިދުވަސް ވެގެންމިދަނީ ދިވެހި އެއްމެހާރައްޔިތުންނަށް ހިއްދަތި އިހުސާސްތަކެއް ކުރެވިގެންވާ ދުވަހެއްގެ ގޮތުގައެވެ.

HajjCop_ads
Advertisement

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަތުރުވެރިކަމުގެ ސިނާޢަތުގެ ސިނާޢަތުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައިފި

އެގްރޯނެޓްގެ އެމްޑީއަކަށް ސިނާން، ޗެއާއަކަށް އަނަސް

WhatsApp Image 2026 10 05 at 19.38.22

ޅޮހީގައި ފެނަކައިން ތަރައްގީކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

ދިވެހި ދަރިވަރު މަރުވި އެކްސިޑެންޓްގައި ދުއްވި ކާރުގެ ޑްރައިވަރު ޑްރަގަށް ޕޮޒިޓިވް!