ކުއްލި ޚަބަރު

“ރާޔާ މާލެ” ނަމުގައި ހިންގާ ޕޭޖްގެ އަވާގައި ޖެހިއްޖެނަމަ ބޭންކު އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ސިންކުންތެއްގެ ތެރޭ ގެއްލޭނެ!

މާލޭގެ ސްކޫލްތައް ކައިރީ ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަނީ

އޮޕަރޭޝަން އަލިގަމު: މަސްތުވާތަކެއްޗާއި ފައިސާތަކާއެކު ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި

ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތުގައި ޑރ. ލަތީފާއި ޑރ. އިކްލީލްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ޕީސީއާރު ޓެސްޓު ހެދުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީ، ދައުލަތަށް ދައްކަންޖެހޭ ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައި މަޝްހޫރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ޢަލީ ޢަބްދުﷲ ލަތީފާއި ޑރ. އިކްލީލް ޝަރީފްގެ އިތުރުން އެ ދެބޭފުޅުންގެ މަސްލަހަތު އޮންނަ ދެ ކުންފުންޏެއްގެ މައްޗަށް ދަޢުވާކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މީރާއިން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން، މި މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވަނީ ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ. މި ދެ ކުންފުނީގެ ހިންގުމުގައިވެސް ޑރ. އިކްލީލް ޑިރެކްޓަރެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާއިރު، ޑރ. ޢަލީ ލަތީފް ހިމެނިވަޑައިގަންނަވަނީ އައިލެންޑް ހެލްތު ސޮލިއުޝަންސްގެ ޑިރެކްޓަރެއްގެ ގޮތުގައެވެ. މީރާއިން ތުހުމަތުކުރާ ގޮތުގައި ކޮވިޑްގެ ދުވަސްވަރު އެންމެ ގިނައިން ޕީސީއާރު ހެދުމުގެ ޚިދުމަތް ދިން މި ދެ ކުންފުނިން ވަނީ، އެ މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު އޮޅުވާލައި، ޓެކްސް ބަޔާންތަކުގައި އާމްދަނީ ވަރަށް ބޮޑަށް ދަށްކޮށްގެން ހުށަހަޅާފައެވެ.

މިގޮތުން އެ އޮތޯރިޓީން ފާހަގަކޮށްފައިވާ ގޮތުގައި، 2020 އިން 2022 ގެ ނިޔަލަށް އައިލެންޑް ހެލްތު ސޮލިއުޝަންސް އިން ހުށަހެޅި ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ އާމްދަނީ ހިމަނާފައެއް ނުވެއެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ޕައިނިއާ މޯލްޑިވްސްއިން ހުށަހެޅި ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީގެ ގޮތުގައި ލިބުނު 102.7 މިލިއަން ރުފިޔާ ހިމަނާފައި ނުވާކަންވެސް ތަހުގީގަށް ވަނީ ހާމަވެފައެވެ. މިކަމާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓްތަކަށްފަހު، އައިލެންޑް ހެލްތު ސޮލިއުޝަންސްގެ މައްޗަށް 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަން ޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި، އެ ފައިސާ ދެއްކުމަށް އެ ކުންފުނިތަކަށް މިހާރު ވަނީ އަންގާފައެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ޑރ. ޢަލީ ލަތީފަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އޭރުގެ ސަރުކާރުން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިސް މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މީގެ އިތުރުން، ކޮވިޑް ޓެސްޓު ހެދުމާ ގުޅުންހުރި އެހެން މައްސަލައެއްގައިވެސް އޭނާގެ މައްޗަށް ދަޢުވާކުރުމަށް މީގެ ކުރިން ފޮނުވާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian tourist arrival

މިދިޔަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރި

mira

މިދިޔަ މަހު މީރާއަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް

finance

ޓީ.ޖީ.އެސް.ޓީ. އިތުރުވެ ދައުލަތަށް ލިބޭ އާމްދަނީ މައްޗަށް

mira

ބޭރު ފައިސާއިން ލިބުނު އާމްދަނީ 37 އިންސައްތަ މައްޗަށް

TTH_advertisement