ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ މަހު މީރާއަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް

mira
STO_Ads
TTH_Ads

މޯލްޑިވްސް އިިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށްވުރެ 30.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ އެ މަހު ލިބޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ 17.4 އިންސައްތަ އިތުރު މިންވަރެކެވެ.

Maldivian_Ads

މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރަނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ މައިގަނޑު ސަބަބަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރު 12.8 އިންސައްތަ އިތުރުވުމެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓަށް ގެނައި ބަދަލާއެކު އާމްދަނީ ވަނީ އިތުރަށް މަތިވެފައެވެ.

އަންދާޒާ ކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވީވެސް ޓޫރިޒަމް ޖީ.އެސް.ޓީ އާއި ރިޒޯޓު ކުލީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުން ކަމަށް މީރާއިން ބުނެއެވެ.

އާމްދަނީގެ މައިގަނޑު ބައިތައް:

ޓޫރިޒަމް ޖީ.އެސް.ޓީ: 1.72 ބިލިއަން ރުފިޔާ
ރިޒޯޓުތަކުގެ ކުލި: 519 މިލިއަން ރުފިޔާ
ގްރީން ޓެކްސް: 218.7 މިލިއަން ރުފިޔާ
ޑިޕާޗާ ޓެކްސް: 191.3 މިލިއަން ރުފިޔާ
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 176 މިލިއަން ރުފިޔާ
އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް): 160 މިލިއަން ރުފިޔާ
މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި 157.83 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kulli khabaru

އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފި

1 3c1b7fefbc

ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

Original 1776763586317

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

mma

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައިފި