ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިދިޔަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރި

Maldivian tourist arrival
STO_Ads
TTH_Ads

މިދިޔަ އަހަރު 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތް ކުރި އިރު މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު ޢާމްދަނީ %108 އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ގްރީން ޓެކުހަކީ، ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. ރިސޯޓުތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް މި ޓެކްސް ދައްކަން ޖެހެއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ވަނީ، 2،251،452،004 ރުފިޔާ ލިބިފައެވެ. 2024 ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ، 1،080،712،329 ރުފިޔާއެވެ. އެހެންކަމުން މިއީ %108 އިތުރު އަދަދެކެވެ.

Maldivian_Ads

1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ސަރުކާރުން ވަނީ ބަދަލު ގެންނަވާފައެވެ. ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 ޑޮލަރުން 12 އެމެރިކާ ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އަދި 3 ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.

2025 ވަނަ އަހަރަށް ލަފާކުރި “ބަޖެޓް ޕޮޒިޝަން ރިޕޯޓް” ގައި ބުނެފައިވަނީ، ޓެކްސް ރޭޓުތަކަށް ގެންނަ ބަދަލާއެކު 2025ވަނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ %95.2 އިތުރުވާނެ ކަމަށެވެ. މި ބަދަލުތަކާއެކު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ، 963.6 މިލިޔަން ރުފިޔާ ކަމަށް އެއިރު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަހަރު ނިމުނުއިރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ، 2025 ވަނަ އަހަރު ނިމުނުއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވުމެވެ. 2025 ވަނަ އަހަރަކީ، މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކުރި އަހަރެވެ. އަހަރު ނިމުނުއިރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1 3c1b7fefbc

ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

Original 1776763586317

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

mma

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައިފި

mudalu zakaai

އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ