ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޭރު ފައިސާއިން ލިބުނު އާމްދަނީ 37 އިންސައްތަ މައްޗަށް

mira
STO_Ads
TTH_Ads
Maldivian_Ads
Advertisement

މި އަހަަރުގެ ޖަނަވަރީ މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ބޭރު ފައިސާއިން ދައުލަތަށް ލިބުނު އާމްދަނީ 37 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޮންމެ މަަހަކު އެއްފަހަރު މީރާއިން އާއްމުކުރާ ދައުލަތުގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ނޮވެންބަރު މަހު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 103.2 މިލިއަން ޑޮލަރު ލިބުނެވެ. ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގައި ބޭރު ފައިސާއިން ލިބުނު އާމްދަނީއަކީ 84.9 މިލިއަން ޑޮލަރެވެ.

ނޮވެންބަރު މަހު ލިބުނު ބޭރު ފައިސާގެ އާމްދަނީ 21 އިންސައްތަައިން އިތުރުވިއިރު، ޖުމްލަކޮށް މުޅި އަހަރު ބޭރު ފައިސާއިން ލިބުނު އާމްދަނީވެސް އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން ޖަނަަވަރީން ނޮވެންބަރުގެ ނިޔަލަށް ބޭރު ފައިސާއިން މީރާއަށް ލިބުނީ 1.3 ބިލިއަން ޑޮލަރެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބުނީ 956.2 މިލިއަން ޑޮލަރެވެ.

HajjCop_ads
Advertisement

އެހެންކަމުން މި އަހަރު މީރާއަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ނިމުނު އަހަރާ އަޅާބަލާއިރު 37 އިންސައްތަައިން އިތުރުވެފައިވެއެވެ.

ބޭރު ފައިސާއިން ލިބުނު އާމްދަނީ އިތުރުވިއިރު އެންމެ ބޮޑު ކުރިއެރުމެެއް އައީ ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާއަށެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ ޖަނަވަރީން ނޮވެންބަރުގެ ނިޔަލަށް ލިބުނީ 738.5 މިލިއަން ޑޮލަރެވެ. މި އަހަރު ޓެކުހުގެ ގޮތުގައި 1.01 ބިލިއަން ޑޮލަރު ލިބުނެވެ. އެއީ 36.9 އިންސައްތައިގެ އިތުރުވުމެކެވެ.

ވަކިވަކި ޓެކުހަށް ބަލާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 68 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 110.7 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އިންކަމް ޓެކުހުގެ ގޮތުގައި ނިމުނު އަހަރު ބޭރު ފައިސާއިން ލިބުނީ 49.3 މިލިއަންް ޑޮލަރެވެ. މި އަަހަރު 131.2 މިލިއަން ޑޮލަރު އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މީރާއަށް ލިބުނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 63.3 މިލިއަން ޑޮލަރު ލިބުނުއިރު މި އަހރު 132 މިލިއަން ޑޮލަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވެއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ނިމުނު އަހަރު 557 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 636 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.

ޓެކުސް ނޫން ގޮތްގޮތުން ނިމުނު އަހަރު މީރާއަށް 217 މިލިއަން ޑޮލަރު ލިބުނެވެ. މި އަހަރު އެ އަދަދުވަނީ 299.02 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ނިމުނު އަހަރު 69 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 112.6 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

ޓޫރިސްޓު ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ނިމުނު އަހަރު 20 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 64.3 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ޓޫރިސްޓު ބިންތަކުގެ ކުލީގެ ގޮތުގައި 100.5 މިލިއަން ޑޮލަރު ލިބުނެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުވުމަކީ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާަވްގެ ހާލަތު ރަނގަޅުކުރެވުމާއެކު، ރާއްޖޭގެ ބޭރުގެ ދަރަނި އަދާކުރުމުގައި ބޮޑު ގޮންޖެހުމެއް ކުރިމަތިނުވާނެކަމުގެ މައްޗަށް ދަލީލުކުރާ އީޖާބީ މުއައްޝިރެއްގެ ގޮތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގަންނަ ހެޔޮ ފާލެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 497 މިލިޔަން ރުފިޔާ ހޯދައިފި

finance ministry

ދައުލަތަށް ލިބުނު އާމްދަނީ 6.2 އިންސައްތަ އިތުރުވެއްޖެ

MMA

ބޭރު ފައިސާއިން ލިބޭ އާމްދަނީ ޖަމާކުރާ އެކައުންޓުގެ މައުލޫމާތު ހިއްސާކުރުން ލާޒިމުކޮށް ގަވާއިދު ބަދަލުކޮށްފި

mma

ކޮންޓްރެކްޓާ ފައިނޭންސިންގ އުސޫލުން އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ