ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީކާޑާއެކު ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ

Ii

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކު ސްމާޓު އަޑީކާޑު ތައާރަފްކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހްސާނެވެ.

އިހްސާން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާއެކުގައި ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

“މި ވަގުތަށް ބަލާއިރު 272،000 އުމުރުން 10 އަހަރަށް ވުރެ ގިނަ ދިވެހިން ވަނީ އަޅުގަނޑުމެންގެ ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް ގެނެވިފަ. އެއީ ރާއްޖޭގެ އެ އާބާދީގެ 80 އިންސައްތަ. އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހަމަ ފާހަގަކުރެވޭ ޑިޖިޓަލް އައިޑީގެ ނިޒާމުގެ ތެރެއަށް ވަންނަ ތަން. އަދި އެ ނިޒާމުގެ ތެރެއަށް ވަދެ އެ ބޭނުންކުރެވިގެން ސަަރުކާރުގެ އެކިއެކި އިދާރާތަކުން ދޭ ޚިދުމަތްތައް ފުޅާ ދާއިރާއެއްގަ އެ ބޭފުޅުންނަށް ބޭނުންކުރުމުގެ އެކްސެސް މިހާރު ލިބޭނެ،” އިހްސާން ވިދާޅުވިއެވެ.

ވަން ގަވްގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ 17 އިދާރާއެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ވަދެ ޑިޖިޓަލައިޒްވެފައިވާ ކަމަށެވެ. މި މަސައްކަތުގެ ސަބަބުން ދަލަތުގެ އެކި އިދާރާތައް ވަކިވަކިން ސިސްޓަމްތަކެއް ހަދައިގެން އޮޕަރޭޓް ކުރާ ކުރުން ނިމުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިކަމުގެ ނަތީޖާއަކީ އާންމު ރައްޔިތުން ވަކި ވަކި އިދާރާތަކަށް ޚިދުމަތް ހޯދުމަށް އެދޭއިރު އެއް އިދާރާއަކުން ދީފަ ހުންނަ މައުލޫމަތު އަނެއް އިދާރާއަށް ފޯރުކޮށްދޭން ޖެހޭ ހާލަތު އެއްކޮށް ނިމިގެންދިޔުން. ރައްޔިތު މީހާ ޙިދުމަތަކަށް އެދޭއިރު އޭނާގެ އައިޑީ ކާޑު ޖެހުމަށް ފަހުގަ އޭނާ އެ ހޯދާ ޚިދުމަތެއް ސިސްޓަމްގެ ތެރެއިން ފެނިގެންދާނެ. ރައްޔިތުންނަށް ލިބޭނެ ފަސޭހަ ވަރަށް ބޮޑުވާނެ،” އިހްސާނު ވިދާޅުވިއެވެ.

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް މޯލްޑިވްސް 2.0 ގެ ނަމުގައި ސަރުކާރުން ވަނީ މަޝްރޫއެއް ފަށާފައެވެ. އެކަމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

117

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

893

ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ބޮޑު ޒިންމާ އަކީ ޑްރަގްގެ ވަބާ ރާއްޖެއިން ނައްތާލުން: އިހްސާން

muiz police

ފުލުހުންގެ ޚިދުމަތައް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ އަގު ނުކުރެވޭ ފަދަ އިންވެސްޓްމަންޓެއް: އިހްސާން

990

ޑްރަގް ވިޔަފާރިކުރާ އެކަކަށް ވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް ނޯންނާނެ: އިހްސާން

TTH_advertisement