ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަސް ޕިއްލޭ އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ސަރުކާރުން ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ދިމާވާ ކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއާއި ސީޝެލްސްއާ ދެ ޤައުމުންވެސް މި ފަހަރުގެ ސަމިޓުގެ ތެރެއިން ބާރުއަޅާ ވަކާލާތު ކުރާނެއެވެ. މީގެ އިތުރުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް، ދެ ޤައުމުން ބާރުއަޅައި ވަކާލާތު ކުރާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.
މިއަހަރުގެ ކޮޕް ސަމިޓު ތުރުކީގެ އަންތަލިޔާގައި ކުރިއަށްދާނީ މިމަހުގެ 9 އިން 20 އަށެވެ. އަދި ސަމިޓުގެ އެންމެ މުހިންމު ބައި ކަމުގައިވާ ދުނިޔޭގެ ވެރިންގެ ސަމިޓު މިމަހުގެ 11 އިން 12 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.