22 ފުލުހުންނާއެކު، ފަސްޓްލައިން މެނޭޖްމަންޓް ކޯސް - 17 ފަށައިފިއެވެ. މި ކޯސް ކުރިއަށް ގެންދަނީ ސައުތު ސެންޓްރަލް ޕޮލިހާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެންނެވެ.
މި މަހު 19 އިން ފެށިގެން މަސްދުވަހުގެ މުއްދަތަށް މި ކޯސް ކުރިއަށް ގެންދަނީ ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަކޮށްގެން، ލ. ގަމުގައެވެ. މި ކޯހުގައި ބައިވެރިވަނީ ތ. އަތޮޅުން ނުވަ ފުލުހުންނާއި ލ. އަތޮޅުން 13 ފުލުހުންނެވެ.
މި ކޯހަކީ ލާމަރުކަޒީ އުސޫލުން ކުރިއަށް ގެންދިއުމަށް ފަރުމާ ކުރެވިގެން، ހުރިހާ ރީޖަންތަކެއްގައި ތިބި ސާޖަންޓް އަދި ސީނިއަރ ސާޖަންޓް ރޭންކުގެ ފުލުހުންނަށް ހާއްސަކޮށްގެން، އެ ރީޖަންތަކުގައި ކުރިއަށް ގެންދެވޭ ކޯހެކެވެ. މި ކޯހުގެ ސަބަބުން، ފަސްޓްލައިން މެނޭޖަރުންގެ ލެވެލްގައި ގާނޫން ތަންފީޒުކުރުމަށް ބޭނުންވާ ޒަމާނީ އިލްމާއި، ހުނަރާއި، މައުލޫމާތު ލިބިގެންދާނެއެވެ.
މި ކޯހުގައި “ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް” ގެ އިތުރުން ކޯހުގައި ކިޔަވައިދެވޭ މޮޑިއުލްތައް ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގ ކުރިއަށް ގެންދާނެއެވެ. އަދި ޕްރެޒެންޓޭޝަން ސްކިލްސްއާއި ކޮމިއުނިކޭޝަން ސްކިލްސް އުނގަންނައިދޭނެއެވެ.
އޭގެ އިތުރުން، ކޯސް ނިންމާ ބައިވެރިންނަކީ ޑްރިލްގެ ކޮމާންޑުތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ ގޮތުން ޑްރިލް ކްލާސްތަކުގެ އިތުރުން، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ގޮތުން 7 ކިލޯ މީޓަރުގެ ދުވުމެއް ކުރިއަށް ގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.