މިމަހުގެ 13 އިން 16 އަށް ކުރިއަށްދިޔަ ސީނިއާ ޤައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަން މުބާރާތުން، ލައިބާ އަޙްމަދު މަޚްލޫފް (އެލީ) ޤައުމީ ޓީމުގައި އޮތް އޭނާގެ ޖާގަ އަނެއްކާވެސް ދިފާއުކޮށްފިއެވެ. އުމުރުން 13 އަހަރުގެ ލައިބާއަކީ މިފަހަރުވެސް ސީނިއާ ޤައުމީ ޓީމުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔާއެވެ.
ލައިބާ ފުރަތަމަ ސީނިއާ ޤައުމީ ޓީމުން ޖާގަ ހޯދީ މިދިޔަ އަހަރު ބޭއްވި ސިލެކްޝަން މުބާރާތުން އުމުރުން 12 އަހަރުގައެވެ. އޭނާއަކީ މިވަގުތު ރާއްޖޭގެ 15 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސްގެ އިތުރުން 19 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ރޭންކިންގގެ އެއްވަނަ ކުޅުންތެރިޔާއެވެ. އަދި ފަސްޓް ޑިވިޝަން ސިންގަލްސް ރޭންކިންގގެ ތިންވަނައިގައިވެސް އޮތީ ލައިބާއެވެ. ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ކުރިއެރުންތަކެއް ހޯދަމުންދާ ލައިބާ ވަނީ މިދިޔަ އަހަރު އާމޭނިއަން ޔޫތު އޯޕަންއިން 3 ރަން މެޑަލް ހޯދައި، ޔޫތު ކެޓަގަރީގެ ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ރަން މެޑަލްތައް ހޯދައިދީފައެވެ.











ކިޔުންތެރިންގެ ހިޔާލު