ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެ: ހަމައެކަނި ބޯހިޔާވަހިކަމެއް ނޫން، ފުރުޞަތުތަކުގެ އައު ސަހަރެއް!

Images (9)
ރަސްމާލެ މަޝްރޫޢުވެގެންދާނީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދަށް އަންނާނެ ބޮޑުަ ބަދަލަކަށް–
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހިރާއްޖެއަކީ ފުދުންތެރި، ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ދުރުރާސްތާގެ ތަޞައްވުރުގެ އެންމެ މުހިންމު އެއް ބަޔަކީ، ޤައުމަށް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މިގޮތުން، މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ތާރީޚީ ހައްލެއް ގެނައުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ “ރަސްމާލެ” މަޝްރޫޢަކީ ހަމައެކަނި ބިމެއް ހިއްކުމުގެ މަސައްކަތެއް ނޫނެވެ. އެއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އިޤްތިޞާދީ އާ ދޮރުތަކެއް ހުޅުވައިދޭނެ ބިޔަ މަޝްރޫޢެކެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ތަނަވަސް އަދި ބޮޑު ބިން ކަމުގައިވާ ރަސްމާލެ ތަރައްޤީކުރަނީ ސާފު، ރޭވުންތެރި ޕްލޭނެއްގެ ދަށުންނެވެ. އެގޮތުން ހިއްކުމަށް ހަމަޖެހިފައިވާ ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރު ޚާއްޞަކުރެވިފައިވަނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ބޯހިޔާވަހިކަމުގެ ޝާމިލު ޙައްލަކަށެވެ. އަދި ބާކީ އޮތް ބައި ތަރައްޤީކުރަނީ ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓް ވިޔަފާރިތަކާއި އިޤްތިޞާދީ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށެވެ. މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް މި މަޝްރޫޢުގެ ސަބަބުން އުނިނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. ސަރުކާރުގެ އަމާޒަކީ މިއީ ރައްޔިތުންނަށް ސީދާ ފައިދާ ލިބިގެންދާނެ މަޝްރޫޢަކަށް ހެދުމެވެ.

333784 3ee8e89c e
ރަސްމާލެ ވެގެންދާނީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދަށް އަންނާނެ ބޮޑު ބަދަލަކަށް–

އާބާދީއެއް އެއްތަނަކުން އަނެއް ތަނަކަށް ހިޖުރަކުރާނީ އެތަނެއްގައި ދިރިއުޅުމުގެ ފުރިހަމަ ވަސީލަތްތަކާއި އިޤްތިޞާދީ ފުރުޞަތުތައް އޮވެގެންނެވެ. މާލެއާ 20 މިނެޓުގެ ދުރުމިނުގައި އޮންނަ ރަސްމާލެއަކީ، ކޮންމެ ކަމަކަށް މާލެއަށް ބަރޯސާވާންޖެހޭ ތަނަކަށް ނުހެދުމަށްޓަކައި، އެ ސަރަޙައްދުގައި ވަރުގަދަ އިޤްތިޞާދީ ބިނާއެއް އުފެއްދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ރަސްމާލޭގެ އަނެއް ފަޅީގައި އީގަލް ހިލްސް ކުންފުނިން ތަރައްޤީކުރަނީ “މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫޢެވެ.

HajjCop_ads
Advertisement

މި ބިޔަ މަޝްރޫޢާއެކު އެކަނިވެސް ރަސްމާލޭގައި 15،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެ ކަމަށް އީގަލް ހިލްސްއިން އަންދާޒާކުރެއެވެ. މީގެއިތުރުން، އެ ސަރަޙައްދުގައި ޤާއިމުކުރެވޭ 1500 އެއްހައި ވިޔަފާރި ފިހާރަތައް ހިންގުމުގައި ދިވެހިންނަށް އިސްކަންދެވޭނެއެވެ. އަދި އެތަނުގައި ބިނާކުރެވޭ ވަސީލަތްތަކާއި ގެދޮރު ބެލެހެއްޓުމުގެ ތެރެއިންވެސް ދިވެހި ޒުވާނުންނަށާއި ވިޔަފާރިތަކަށް މަންފާ ލިބޭނެ ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.

Big utSR8J9stFK8UH2svT9RvDj5P e1766922301673
ރަސްމާލެ ވެގެންދާނީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދަށް އަންނާނެ ބޮޑު ބަދަލަކަށް–

މިފަދަ ބޮޑު މަޝްރޫޢެއް ކުރިއަށްދާއިރު، އާންމުން ދިރިއުޅޭ ސަރަޙައްދުތަކުގެ މަގުތައް ހެދުމާއި، އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް ސަރުކާރުން ބޮޑު ޚަރަދެއް ކުރަންޖެހޭނެއެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ސުވާލަކީ ޢަމަލީ މަސައްކަތްތައް ފެނިގެންދާނީ ކިހާ ދުވަހަކުންތޯއެވެ. މިކަމާ ގުޅޭގޮތުން އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްއައްބާރު ފާހަގަކުރައްވާ ގޮތުގައި، މި ފެންވަރުގެ މަޝްރޫޢެއްގެ ކުރެހުންތަކާއި، ސްޓްރަކްޗަރަލް، އިލެކްޓްރިކަލް އަދި އެއަރކޮންޑިޝަނިން ފަދަ އިންޖިނިއަރިންގ ޑިޒައިންތައް ފުރިހަމަކޮށް، ޢަމަލީ މައިދާނަށް ނުކުތުމަށް އާންމުގޮތެއްގައި 12 މަސްދުވަސް ނަގައެވެ. ނަމަވެސް އެ ކުންފުނީގެ ތަޖުރިބާގެ އަލީގައި، އެއަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށުމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

Preview 07a9fde871e7f9e3351a16e99814f4f8049c697a
ރަސްމާލެ ވެގެންދާނީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދަށް އަންނާނެ ބޮޑު ބަދަލަކަށް–

ރަސްމާލެ ތަރައްޤީވެގެން އަންނައިރު، މުޖުތަމަޢުގެ ތެރޭގައި ވަކި ދެ ފަންތިއެއް އުފެދި، އާންމު ރައްޔިތުންނަށް އެރަށުގެ ބައެއް ސަރަޙައްދުތައް ބަންދުވެދާނެތޯ އުފެދޭ ސުވާލަށް އަލްއައްބާރު ދެއްވި ޖަވާބަކީ، މި މަސައްކަތްތައް ކުރިއަށްދާނީ ދިވެހި ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމެވެ. އަދި މިފަދަ ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުވާނީ އަބަދުވެސް ރައްޔިތުންނާ ގާތުން، ރައްޔިތުންނާ ގުޅިގެން ކުރިއަށް ގެންދިއުމުން ކަމަށް އޭނާ ޤަބޫލުކުރައްވައެވެ.

Smart Building Control
ރަސްމާލެ މަޝްރޫޢުވެގެންދާނީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދަށް އަންނާނެ ބޮޑު ބަދަލަކަށް–

އެހެންކަމުން ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ އިތުރުން، އިޤްތިޞާދީ އައު އިންގިލާބެއް ގެނުވާނެ އުންމީދީ ބިނާއެކެވެ. އިޖުތިމާޢީ އަދި އިޤްތިޞާދީ ހަރަކާތްތެރިކަން އެކުއެކީގައި ކުރިއަށް ގެންދެވޭ މި މަޝްރޫޢު ވެގެންދާނީ، ދިވެހިރާއްޖެ ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންގޮސްދޭނެ މުހިންމު ބިންގަލަކަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

77

ރަސްމާލެ މަޝްރޫއުން އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅަނީ

supreme-court

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

FotoJet

ޔާމީނަށް ޢަބްދުއްރަޙީމްގެ ހޫނު ރައްދެއް: ރަސްމާލެ މަޝްރޫޢު ލަސްތަކެއް ނުވެ ފެށޭނެ!

449662 3 53fd565af92887910123f3d7abaa218cc8c028bc

ރަސްމާލެ މަޝްރޫޢުން ދިވެހިންނަށް ވަޒީފާގެ އިތުރުން ވިޔަފާރީގެ ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެ